ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 20:50
އަމީތާބް ބަޗަން
އަމީތާބް ބަޗަން
ގޫގުލް
ބޮލީވުޑް
އަމީތާބްގެ ''ޖުންދު''ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 20 ގައި

ބޮލީވުޑް ސުޕަރ ސްޓާރ އަމީތާބް ބަޗަން ލީޑްރޯލުން ފެނިގެންދާ ފިލްމް "ޖުންދު" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

މި ޕޯސްޓަރު ހިއްސާކޮށް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވަނީ މި ފިލްމް ރިލީޒްކުރާ ދުވަސް ފައިނަލް ވެފައިވާ ކަމަށާއި ފިލްމް ރިލީޒް ކުރާ ދުވަހަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ކަމަށެވެ.

"ސައިރާތު"ގެ ޑައިރެކްޓަރ ނާގްރާޖް މަންޖޫލީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގެ ޕޯސްޓަރުގައި ފެނިގެންދަނީ އެއަތަނަށް ގިނަ ބަޔަކު އެއްވެފައި ވަނި ކޮށެވެ. އަދި ގިނަ ބައެއްގެ  އަތްމަތީގައި އަމީތާބް މައްޗަށް އުފުލާލައިގެން ހުންނަ މަންޒަރެވެ.

ބޫޝަން ކުމާރު، ކްރިޝަން ކުމާރު، ރާޖް ހައިމަތު، ސަވީތާ ރާހް ހައިމަތު އަދި ނާގްރާޖް މަންޖޫލީ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ފައުންޑަރ އޮފް ސްލަމް ސޮކާ ވިޖޭ ބަރްސީގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

މި ފިލްމްގައި އަމީތާބް ބުނެފައިގެން ދާނީ މަގުމަތީގައި ދިރިއުޅޭ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ފުޓްބޯޅަ ޓީމެއް އުފައްދާ ޕްރޮފެސަރެއްގެ ރޯލުންނެވެ.

އަމީތާބް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ތަގްސް އޮފް ހިންދުސްތާން" އިންނެވެ. އަމީތާބް ދެން އެންމެ އަވަހަށް ފެނިގެންދާނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓްއާ އެކު "ބްރަމާސްތްރާ" އިންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް