ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 19:57
ކާރްތިކް އާރްޔަން އާއި ކްރިތީ ސެނޯން
ކާރްތިކް އާރްޔަން އާއި ކްރިތީ ސެނޯން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
''ލޫކާ ޗުއްޕީ'' އާއި ''އަރުޖުން ޕަޓިއާލާ'' ވެސް ޕާކިސްތާނުގައި ރިލީޒް ނުކުރަން ނިންމައިފި
ޑިސްޓްރިބިއުޓަރުންނާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ވަނީ ކެންސަލް ކޮށްފައި

ފިލްމް ޕްރޮޑިއުސަރ ދިނޭޝް ވިޖަންގެ ފިލްމްތައް ޕާކިސްތާންގައި ރިލީޒް ނުކުރުމަށް ނިންމައިފިއެވެ.

ދިނޭޝްގެ ފަރާތުން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ވަނީ އޭނާގެ ފިލްމްތައް ކަމަށްވާ 'ލުކާ ޗުއްޕީ" އަދި "އަރުޖުން ޕަޓިއާލާ" ޕާކިސްތާންގައި ރިލީޒް ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޕާކިސްތާނުގެ ޑިސްޓްރިބިއުޓަރުންނާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ކެންސަލް ކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ދިނޭޝްގެ ފިލްމްތައް ޕާކިސްތާންގައި ރިލީޒް ނުކުރާނެ ކަމަށް ބުނެފައި މި ވަނީ މި މަހުގެ 22 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ އަޖޭގެ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލު" ޕާކިސްތާނުގައި ރިލީޒް ނުކުރާ ގޮތަށް ނިންމައި އެކަން އިއުލާންކުރިތާ އެއް ދުވަސް ފަހުންނެވެ.

އެގޮތަށް ނިންމީ ކަޝްމީރުގެ އިންޑިއާއާވީ ފަޅީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 40 މީހުން މަރާލި ހާދިސާއާ ގުޅިގެންނެވެ. އިންޑިއާ އިން ދަނީ އެ ހަމަލާގެ ފަހަތުގައި ޕާކިސްތާނު ސަރުކާރު އޮތްކަމުގެ ސާބިތު ހެކި ހުރި ކަމަށް ބުނަމުންނެވެ.

"ލުކާ ޗުއްޕީ" އަކީ ރިލޭޝަންޝިފެއްގައި އުޅޭ ޖޯޑެއްގެ ދިރިއުޅުން ދައްކުވައިދޭ ހެއްވާ މަޖާ ފިލްމެކެވެ. މި ފިލްމްގެ ލީޑް ރޯލުން ފެނިގެންދާނީ ކާރްތިކް އާރްޔަން އާއި ކްރިތީ ސެނޯން އެވެ. ލަކްޝްމަން އުޓޭކަރު އަލަށް ޑައިރެކްޓް ކުރާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ 1 ވަނަ ދުވަހު އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް