ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދިދީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފިނަމަ ވޯޓު ދޭނީ މާރިޔާއާ އެއްކޮޅަށް ކަމަށާއި ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓަށް ފުރިހަމައަށް އިތުބާރު އެބައޮތްކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.
ޕިޕީއެމުން ޑިފެންސް މިނިސްޓަރުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އުޅޭކަން ހާމަކުރުމުން، މާރިޔާގެ ދިފާއުގައި ފާރިސް ހޯމަދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާރިޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
I do not believe any actions of Defense Minister @MariyaDidi warrants a motion of no confidence. I will vote to defeat any such motion in Majlis. HEP @ibusolih and his cabinet have my full confidence and support
— Ahmed Faris Maumoon (@afarismaumoon) February 18, 2019
އެމަނިކުފާނު ވިދާޅުވީ، މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފިނަމަ ވޯޓު ދެއްވާނީވެސް މާރިޔާއާ އެއްކޮޅަށް ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި އެމަނކިފާނުގެ ކެބިނެޓުގެ ފުރިހަމަ އިތުބާރު މިނިސްޓަރު މާރިޔާއަށް އެބަ އޮތް ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.
މާރިޔާގެ ދިފާއުގައި ފާރިސް ނުކުންނެވި އިރު، 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ފާރިސް ކުރިމަތިލައްވަނީ މާރިޔާ މެންބަރުކަން ކުރެއްވި މައްޗަންގޮޅި އުތުރު ދާއިރާއަށެވެ.