ވަޅިން ބިރުދެއްކުމަށް ފަހު ފަސް ލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ ރުފިޔާ ފޭރިގެންފިއެވެ.
ފުލުހުން ބުނީ، ފޭރުމުގެ މި އަމަލު ހިންގީ ހޯމަ ދުވަހުގެރޭ 22.30 ގައި، ދެ ސައިކަލެއްގައި ދިޔަ ތިން މީހަކުކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ފައިސާތައް ފޭރިގަތީ، ފަތަހަ ސުންބުއްޔާއި ހިސާބުންނެވެ. އަދި އެ ފައިސާއަކީ، ސައިކަލްގެ ވިޔަފާރި ކުރާ، އެކްސްޕާޓް މޮޓޯސްގެ އޮފީހަށް ގެންދިޔަ ފައިސާތަކެއް ކަމަށެެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.