ޕީޕީއެމާއި ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަލީ ވަހީދު ވިދާޅުވީ ރައްޔިތުން ނުކުމެ ނޫނެކޭ ބުނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާ އެކު ރައްޔިތުންގެ މަޖިލީހަށް ނުކުންނަ ކެންޑިޑޭޓުންނަށް އޭނާގެ ތާއީދެއް ނެތް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ޕީޕީއެމުން ތާއިދުކޮށް، އަދި ޖުމްހޫރީ ޕާޓީގެ ތާއީދު ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޭން ނިންމާފައިވާ ކަން ހާމަކޮަށްފައިވާކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި އަލީ ވަހީދު ވިދާޅުވީ، ޖޭޕީގެ ބާނީ ގާސިމް އިބްރާހިމް ވެސް ބޭނުންފުޅުވާނީ ސަރުކާރު ކޯލިޝަނަށް މެޖޯރިޓީ ހޯއްދެވުމަށް ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ ޕާޓީގެ ސީދާ ސްޓޭންޑް ނިންމަވާނީ އެ ޕާޓީގެ ލީޑަރޝިޕުން ކަމަށެވެ.
"ޓިކެޓް ދީފައި އެވާ ކަންތައްތަކުގައި އަޅުގަނޑު އުސޫލީ ގޮތުން ގަބޫލެއް ނުކުރަން އެގޮތަށް އެކަން ވެގެންދާން. އެހެނަސް ޕާޓީގެ އަގުލަބިއްޔަތުން އެ އޮތީ ނިންމާފަ. 22 ބޭފުޅުން އެ އުސޫލަށް ވޯޓެއް ނުލައްވާ،" އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕާޓީއެއްގައި ކަންކަން ދާނީ މެޖޯރިޓީ އާާއި އެއްގޮތަށް ކަމަށާއި،އެކަމަކުވެސް އެގޮތަށް ބަޔަކަށް ޓިކެޓް ދީފައި އަތުލުމުން ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމަށެވެ. އޭނާ ސްޓޭންޑް ހާމަކުރައްވަމުން އަ ލީވަހީދު ވިދާޅުވީ، ރައީސް ސާލިހު ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށެވެ.