ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 22:02
ސްރީދޭވީ އާއި ސޯނަމް ކަޕޫރު
ސްރީދޭވީ އާއި ސޯނަމް ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސްރީދޭވީ ކުޅެފައިވާ މިސްޓަރ އިންޑިއާ ވެގެން ދާނީ އަބަދުވެސް އަހަރެންގެ ފޭވަރިޓަށް: ޝޯނަމް
ސޯނަމް ކުޑައިރު އޭނާގެ ގޭގައި ސްރީދޭވީ އެތައް އަހަރެއް ވަންދެން އުޅުނު ދުވަސްތައް ވަނީ ފާހަގަކޮށްފައި

އަނިލް ކަޕޫރާއި ސްރީދެވީ ލީޑް ރޯލް ކުޅެފައިވާ ފިލްމް "މިސްޓަރ އިންޑިއާ" ވެގެން ދާނީ އަބަދުވެސް އޭނާގެ ފޭވަރިޓް ފިލްމަށް ކަމަށް ސޯނަމް ކަޕޫރު ބުނެފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި ސްރީދޭވީ މަރުވިތާ އެއް އަހަރު ފުރުން އާއިލާއިން ފާހަގަ ކޮށްފައިވާއިރު "ޓައިމްސް ނައު" އިން ސޯނަމްގެ ފަހަރީ ސްރީދޭވީ ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން ސޯނަމްގެ ފޭވަރިޓް ފިލްމަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި ބުނެފައިވަނީ  ސޯނަމްގެ ބުނެފައިވަނީ މިސްޓަރ އިންޑިއާ ކަމަށެވެ. އަދި ސޯނަމް ކުޑައިރު އޭނާގެ ގޭގައި ސްރީދޭވީ އެތައް އަހަރެއް ވަންދެން އުޅުނު ދުވަސްތައް ވަނީ ފާހަގަކޮށްފައެވެ. އަދި ސްރީދޭވީގެ ކޮޓަރީގައި އޭނާގެ ޓީވީން "ހަމްހޭ ރާހީ ޕްޔާރްކޭ" ބަލަން ބައިންދާ ހަންދާންތައް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް ސޯނަމް ވަނީ ބުނެފައެވެ.

ސްރީދޭވީގެ މަރަށް އެއް އަހަރު ފުރުމާއި ގުޅިގެން މިދޔަ ހަފްތާގައި ސްރީދޭވީގެ ފިރިމީހާ ބޮނޭ ކަޕޫރާއި ދެ ދަރިން ކަމަށްވާ ހުޝީ ކަޕޫރާއި ޖާންވީ ކަޕޫރު އަދި އަނިލް ކަޕޫރާއި އޭނާގެ އަންހެނުން ސުނީތާ ކަޕޫރު ވަނީ ޗެންނާއީގައި ހުންނަ ސްރީދޭވީގެ ގޭގައި ހާއްސަ ޕޫޖާއެއް ބާއްވާފައެވެ.

 މިޕޫޖާގައި ސްރީދޭވީ ކުޅެފައިވާ ފިލްމް "އިންގްލިޝް ވިންގްލިޝް" ގެ ޑައިރެކްޓަރ ގައުރީ ސިންޑޭ އާއި އޭނާގެ ފިރިމީހާ އާރް ބަލްކީ އަދި ޓެމިލް އެކްޓަރ އަޖިތް ވަނީ ބައިވެރިވެފައެވެ.

ސްރީދޭވީގެ ޑެތް އެނިވާސަރީ ގައި "މުމްބާއީ މިރާ"އަށް ދިން އިންޓަވިއު އެއްގައި އަނިލް ކަޕޫރު ބުނެފައިވަނީ ސްރީދޭވީ އަކީ އޭނާގެ ބޭބެގެ އަންހެނުން ކަމަށާއި އޭނާގެ އަންހެނުންގެ ރަހުމަތްތެރިއެއް ކަމަށެވެ.

"އަހަރުމެން ދިމާވާ ކޮންމެ ފަހަރަކުވެސް ވަރަށް މަޖާކުރަން. ސަކަރާތްޖަހައި ހީ ސަމާސާކޮށް ހަދަން. ސްރީދޭވީ އަކީ ހަނދާނުން ފުހެލަން ވަރަށް އުނދަގޫ މީހެއް." އަނިލް ވަނީ ބުނެފައެވެ.

ސްރީދޭވީގެ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް އަނިލް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް