ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މޮނިޓަރ އަދި އޮބްޒާވް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު 28 ފެބްރުވަރީ 2019 އާ ހަމައަށް އިލެކްޝަންސް ކަމިޝަން (އީސީ އިން) އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެޕްރީލް 6 ގައި ބާއްވާ މަޖިލިސް އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަކުރުމަށް ޝައުޤުވެރިވާ ފަރާތްތަށް ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން މޮނިޓަރ ކުރުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އިތުރު ކޮށްފައިވާ ކަމަށެވެ.
އިންތިހާބު މޮނިޓަރކުރުމުގެ ހުއްދަ ދެވޭނެ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އެގޮތުން އުމުރުން 18 އަހަރު ފުރުމާއި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއް ކަމުގައި ނުވުމާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ އަދި ޓީވީ ސްޓޭޝަންގައި މަސައްކަތްކުރާ މީހެއް ކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއް ކަމުގައިވުން ހިމެނެއެވެ. ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހަކަށް ވުމުގެ އިތުރުން ބައިނަލްއަޤްވާމީ މީޑިއާއެއްގައި މަސައްކަތް ކުރާ މީހެއް ކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއް ކަމުގައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.