ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 11:53
ކެޓީ ޕެރީ އާއި އޮލާންޑޯ ބްލޫމް ގެ އެންގޭޖްމެންޓް ރިންގް
ކެޓީ ޕެރީ އާއި އޮލާންޑޯ ބްލޫމް ގެ އެންގޭޖްމެންޓް ރިންގް
އިންސްޓަގްރާމް
ކެޓީ ޕެރީ އާއި އޮލާންޑޯ ބްލޫމް
ކެޓީ ޕެރީ އާއި އޮލަންޑޯ ބްލޫމް ގެ ކައިވެނި ވަރަށް އަވަހަށް؟
އެދެމީހުން އެންގޭޖް ކޮށްފައިވަނީ މިމަހުގެ 14 ގައި

އެމެރިކާގެ ލަވަ ކިއުންތެރިޔާ ކެޓީ ޕެރީ އާއި އޭނާ މިހާރު ރައްޓެހިވެގެން އުޅޭ އިނގިރޭސި އެކްޓަރު އޮލަންޑޯ ބްލޫމް އެންގޭޖް ވެފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

އެދެމީހުންގެ ކައިވެނި ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މީޑިއާތަކުގައި ރިޕޯޓް ކުރަމުންދާއިރު ކައިވެންޏާއި ބެހޭގޮތުން އެއްވެސް ވާޙަކައެއް އެދެމީހުން ހާމަކޮށްފައެއް ނުވެއެވެ. ހަމަ އެކަނި ހާމަކޮށްފައި ވަނީ އެންގޭޖްމެންޓް ރިންގްގެ ފޮޓޯއެވެ.

އީނިއުސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކެޓީއާއި އޮލަންޑޯ އެންގޭޖް ކޮށްފައި ވަނީ ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަސް ކަމުގައިވާ ފެބްރުއަރީ 14 ވަނަ ދުވަހުގެރޭ ބޭއްވި ރޭގަނޑުގެ ކެއުމަށް ފަހުގައެވެ.

އެންގޭޖް ކުރުމަށް ބޭއްވި ކުޑަކުޑަ ހަފްލާގައި ކެޓީގެ ގާތް ރަހުމަތްތެރިން އޮލަންޑޯ ބައިވެރި ކުރުވާފައިވާ ކަމަށް ވެސް އެނޫހުގައި ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ކެޓީ ހުރީ ވަރަށް "ސަޕްރައިޒް" ވެފައި ކަމަށާއި ވަރަށް އުފަލުން ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ކެޓީ ޕެރީ އާއި އޮލާންޑޯ ބްލޫމް

ކެޓީއާއި އޮލަންޑޯ ކައިވެނި ކުރާނެ ދުވަހެއް ހާމަކޮށްފައި ނުވާއިރު ބެލެވޭ ގޮތުގައި މިއަހަރުގެ ތެރޭގައި އެދެމީހުން ކައިވެނި ކުރާނެއެވެ.

އެދެމީހުން ވަނީ ކުރިން ވެސް ރައްޓެހިވެގެން އުޅެފައެވެ. ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވިކަން އިއުލާން ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އަލުން ލޯބީގެ ގޮތުން ގުޅިފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ކެޓީއާއި އޮލަންޑޯ ވަނީ މީގެ ކުރިން އެހެން ކައިވެންޏެއް ކޮށްފައެވެ. ކެޓީ ކައިވެނިކޮށްފައި ވަނީ އިނގިރޭސި އެކްޓަރު ރަސަލް ބްރޭންޑާ އެވެ. އެ ދެ މީހުން 2010 ގައި ކުރި ކައިވެނި 2012 ގައި ވަނީ ރޫޅިފަ އެވެ.

 އޮލަންޑޯ  ކައިވެނި ކޮށްފައިވަނީ އޮސްޓްރޭލިއާގެ މޮޑެލް މިރަންޑާ ކެރް އާ އެވެ. 2013 ވަނަ އަހަރުގެ ތެރޭގައި ކައިވެނި ރޫޅުނު އިރު ދަރިއަކު ވެސް އެދެމީހުންނަށް  ލިބިފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް