Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2017 | ހުކުރު 09:28
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގެ ރަސްމީއްޔާތުގެ ތެެރއިން
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގެ ރަސްމީއްޔާތުގެ ތެެރއިން
ރާއްޖެއެމްވީ
އައްޑޫ ސިޓީ
ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް
އައްޑޫ ސިޓީގެ ގަރުބުރުސްތާނުގައި މީހަކު ވަޅުލެވެނީ ވެސް ހުއްދަހޯދައިގެން
ޕާކްތަށް ބެލެހެއްޓުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް
ކައުންސިލަރުންނާއި މިނިސްޓަރުންނެތް ބައްދަލެއް ނުކުރައްވާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލައި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ބާރުތަކެއް ނަގާފައިވާ ކަމަށް އެ ސިޓީގެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ހަބަރުފީތާ ޕްރޮގްރާމްގައި ތޮއްޔިބް ވިދާޅުވީ މިއަދު އައްޑޫ ސިޓީގެ ކައުންސިލްގެ ހުރިހާ ބާރުވެރިކަމެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިގުޅާއިގެންފައިވާ ކަމަށެވެ. އައްޑޫ ސިޓީގެ ގަރުބުރުސްތާނުގައި މީހަކު ވަޅުލެވެނީ ވެސް އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށްވާއިރު ، އައްޑޫ ސިޓީގެ ތަރައްޤީ ކަންކަން ނިންމުގެ ފުރުސަތު  ރައްޔިތުންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތޮއްޔިބް ވިދާޅުވީ އައްޑޫ ސިޓީގެ މިސްކިތަކާއި ގަބުރުސްތާނުތަކާއި އަދި ޕާކްތައް ބެލެހެއްޓުމުގެ އެއްވެސް ހައިސިއްޔަތެއް ސީޓީ ކައުންސިލްގެ ނެތް ކަމަށެވެ. ލާމަރުކަޒީ ނިޒާމަށް ރައީސް ޔާމީންގެ ސަރުކާރުން ގެނައި ބަދަލާ ގުޅިގެން މިއަދު އެ ސިޓީގެ މިސްކިތްތައް މަރާމާތު ކުރެވޭނެ ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫގެ ސިޓީގެ ޕާކްތަކާއި ގަބުރުސްތާނުތައް އޮތީ ވަރަށް ބޮޑަށް ވިނަވެފައި ކަމަށާއި ، އެތަންތަން ސަރުކާރަށް ނުބެލެހެއްޓޭނަމަ ކައުންސިލާ އަލުން ހަވާލުކުރުމަށް ތޮއްޔިބު ގޮވާލެއްވި އެވެ. ހައުސިން މިނިސްޓްރީން މުވައްޒިފުން މާލޭގައި ގާއިމްކޮށްފައިވާ ޕާކްތައް ބަލައްޓާކަމަށް ވާނަ ، އައްޑޫ ސިޓީގައި ހުރި ޕާކްތައް ވެސް ބަލެހެއްޓެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަންކަމާ ގުޅިގެން ސަރުކާރުގެ މިނިސްޓްރީތަށް ވަޑައިގަތުމުން އެ ސިޓިގެ ކައުންސިލަރުންނާއި މިނިސްޓަރުން ބައްދަލުނުކުރައްވާތީ ހިތާމަ ކުރައްވާކަމަށް ވެސް ތޮއްޔިބް ވިދާޅުވިއެވެ. އައްޑޫ ސިޓީގައި ހުރި މައްސަލަތައް ހައްލުކުރަން އެދި ކަމާއިބެހޭ މުވައްސަސާތަކަށް ފޮނުވާ ސިޓީގެ ޖަވާބު ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް