Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2017 | ހުކުރު 06:27
ރައީސް ޔާމީންނާއި އެމްޑީއޭގެ ލީޑަރު ސިޔާމް
ރައީސް ޔާމީންނާއި އެމްޑީއޭގެ ލީޑަރު ސިޔާމް
ރާއްޖެ އެމްވީ
ހޭވައްލާ ޖަލްސާ
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
މިއަހަރުގެ ތެރޭގައި ތިލަފުށީގައި ކުނިއަންދަން ފެށޭނެ
ޕީއެމުން ސަރުކާރާއި ހަވާލުވި އިރު ކުނީގެ މައްސަލަހައަށް ހައްލެއް ހޯދިފައިނުވާ
ބޭރުގެ ކުންފުންޔަކަށް މާލޭގެ ކުނީގެ މައްސަލަ ހައްލެއް ނުކުރެވޭނެ

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް މިހާރު ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ތައާރަފްކުރުމަށް "ހޭވައްލާ" ނަމުގައި ކާނިވަލް ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ ކަމަށާއި މިއަހަރުގެ ތެރޭގައި ތިލަފުށީގައި ޒަމާނީ ގޮތެއްގައި ކުނި އެންދުމުގެ އިންތިޒާމް ވެސް ހަމަޖެހިގެން ދާނެ ކަމަށެވެ.

"އެ ކުނީގެ މައްސަލަ ދާއިމަށް މި އޮތީ ހައްލަކުރެވިފައި، އަދި އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި މި މަސައްކަތް ކުރެވޭތޯ މި ބަލަނީ ، މި ކުނި އެންދުމުގެ ނިޒާމް ކައިރީގައި މިއޮތް ތިލަފުށީގައި ގައި ގާއިމްކުރެވޭތޯ" ރައީސް ޔާމީން ވިދާޅުވިއެވެ.  

ކުނީގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރަކުން އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ އެއްކަންތައް ކަމަށާއި ރަގަނގަޅު ސިއްޙަތެއްގައި ތިބުމަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަން ފަސޭހަކަން ހޯދާއި ދިނުމަށްޓަކައި ކުނީގެ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޕީޕީއެމުން ސަރުކާރާ ހަވާލުވިއިރު ކުނީގެ މައްސަލަހައަށް ހައްލެއް ހޯދިފައިނުވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.އެގޮތުން ކުނިމެނޭޖްކުރުމަށް ބޭރުގެ ކުންފުންޔަކާއި ހަވާލުކުރިތާ ތިން އަހަރުވެގެން ދިޔައިރުވެސް އަމަލީ މަސައްކަތް ފެށިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ބޭރުގެ ކުންފުންޏަކަށް މާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން މުހިންމު ވާނެތޯ ސުވާލު އުފައްދައި ވާހަކަފުޅު ދައްކަވާފައެވެ.

"މި މުހިންމު ކަންތަން ވެސް މި ވަނީ ބޭރު ބަޔަކާއި ހަވާލުކޮށްފައި، އަޅުނގަޑުމެންގެ އަތުން ފައިން އަޅުގަނޑުމެންގެ ސަލާމަތަށް، ކުރަން ބޭނުންވާ މަސައްކަތެއް އަދި ބޭރު ބަޔަކާއި ހަވާލުކުރިޔަސް އަދި އެކަމެއް ނުވާނެ ، އެއީ ކުނޑަ ހަނގުރާމައެއް ނޫން" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން ގެންނަ ތަރައްގީއަކީ ރާއްޖޭގެ އެތަން މިތަނުގައި ކޮންކްރީޓް ޖަންގައްޔެއް ބިނާ ކުރުން ނޫން ކަމަށެވެ.

މީގެ ކުރިން އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ޓަޓުވާއާ ހަވާލުކޮށްގެން ވެސް ކުނީގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތެއް ފެށި

މާލޭގައި ކުނީގެ މައްސަލަ ބޮޑުވެ، ހައްލުތަކެއް ނުހޯދި އެތައް ދުވަހެއް ވެފައިވާއިރު މީގެ ކުރިން އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ޓަޓުވާއާ ހަވާލުކޮށްގެން ވެސް ކުނީގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތެއް ފެށި އެވެ. އެހެން ނަމަވެސް އެތަށް ދުވަހެއްވީ އިރުވެސް އެ މަސައްކަތް ނުފެށިފައިވުމުން މިހާރު އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސަރުކާރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވެމްކޯއާއެވެ. ވެމްކޯ އިން ވަނީ ކުނީގެ މައްސަލަ ހައްލުކުރުމަށް ބޮޑު މަޝްރޫއުއެއް ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން، އިންޑަސްޓްރިއަލް ވިލެޖުގައި ކުނި އުކާލަން ހާއްސަ ކޮށްފައިވާ ބިން ތަރައްގީކުރުމާއި ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް