ސާޅީސް ހަ މީހުންނާއެކު މާލެއިން އިން ފުރައިގެން ރ އަތޮޅަށް ދަތުރުކުރި "ރަހްމަތުއްލާ" ނަމަކަށް ކިޔާ ބޯޓެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:10 ގައި ކަމަށެވެ. އިންޖީނު ހުއްޓުނު އިރު ބޯޓުގައި 13 އަންހެނުންނާއި 2 ކުޑަކުދިން ތިބިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ބޯޓުގެ އިންޖީން ހުއްޓިފައިވަނީ ކ. ގާފަރާއި 15 ނޯޓިކަލް މޭލު ބޭރުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެ ސަރަހައްދުގައި ވަރަށް ކަނޑުގަދަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.