މޯލްޑިވްސް ޑިވަލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަ ކުރުމަށް އަށް މީހަކަށް ރޭ ޓިކެޓް ދީފިއެވެ.
ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޓިކެޓް ދޭން ނިންމާފައި ވަނީ ގޮތުން ދ. މީދޫ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަދި އެ ޕާޓީގެ ލީޑަރު މިހާރު ވެސް މަޖިލީހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްދަށާއި ކުޑަހުވަދޫ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަހްމަދު އާމިރާއި، ކެނދިކުޅުދޫ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަލީ މައުރޫފަށެވެ.
މާފަންނު ހުޅަނގު ދާއިރާގެ ޓިކެޓް އައިޝަތު ރަފިއްޔާ އަށް ދިނުމަށް ނިންމިއިރު ނ. މަނަދޫ ދާއިރާ އިބްރާހިމް އަސްލަމް އަށް އަދި ރ. ދުވާފަރު ދާއިރާގެ ޓިކެޓް މުހައްމަދު އާދަމް އަށް ވަނީ ދީފައެވެ. މީގެ އިތުރުން ހޮޅުދޫ ދާއިރާގެ ޓިކެޓް ހުސައިން ސާލިމް މުހައްމަދު އަށް އަދި ނ. ވެލިދޫ ދާއިރާގެ ޓިކެޓް މުހައްމަދު އައްބާސް އަށް ވަނީ ދީފައެވެ.
އެމްޑީއޭ އިން ބައެއް އެހެން ޕާޓީތަކާ އެކު ކޯލިޝަނެއް ހަދައި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް ގޮނޑިތައް ކާމިޔާބުކޮށްފައި ވެއެވެ. ނަމަވެސް މި ފަހަރުގެ މަޖިލިސް އިންތިހާބަށް މިހާތަނަށް އެ ޕާޓީން ކެމްޕެއިން ކުރަމުން ދަނީ ވަކި ޕާޓީއަކާ އެކު ކޯލީޝަން ހަދައިގެންނެއް ނޫނެވެ.
އެމްޑީއޭއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނީ ކިތައް ދާއިރާއަށް ކަމެއް އަދި ނޭނގެއެވެ.
އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީއޭ އިން ވަނީ އެ ޕާޓީން ވާދަކުރި ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް މަޖިލީހަށް އެމްޑީއޭގެ ޓިކެޓްގައި ހޮވުނު ބައެއް މެމްބަރުން ވަނީ ޕާޓީ އިން ވަކިވެގެން ގޮސްފައެވެ. މި ވަގުތު އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ތިން ބޭފުޅުންނެވެ.