ޕްރައިމަރީގައި ބަލިވާ ފަރާތްތަކަށް ވާދަކުރުން މަނާކުރުން ގާނޫނު އަސާސީއާ ހިލާފު ކަމަށް ވިދާޅުވެ އެ މާއްދާ ބާތިލުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ހުށައަޅުއްވައިފިއެވެ.
އެމްޑީޕީ ޕްރައިމަރީގައި ކާށިދޫ ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބީޔާ ކުރިމަތިއްލައްވަން ޖެހިވަޑައިގެންނެވި ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތައް ގާނޫނު އަސާސީގައި ކަޅާއި ހުދުން ވަނީ ލިޔެވިފައި ކަމަށާއި އޭގެ ބޭރުން ޝަރުތު ކުރުމުގެ ބާރެއް އެއްވެސް މީހަކަށް ނެތް ކަމަށެވެ. ގާނޫނު އަސާސީ އާއި ޚިލާފު އެ މާއްދާ ބާތިލް ކުރަން ސުޕްރީމް ކޯޓުގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
Rayyithunge Majilis Memberunge sharuthuthah Qaanoon Asaasyga kalhaai hudhun vany liyevifa! Eyge beyrun sharuthu kurumuge baareh evves meehakah nei! Gaanoonu Asaasy aa hilaafu, e maahdhaa baathil kuran Suprem Court gai edhijjain!
— Abdulla jabir (@chairmanjabir) February 11, 2019
އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެޕާޓީގެ ފަރާތުން ކާށިދޫ ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީގައި ޖާބިރު އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވީ އަބްދުﷲ ރިއްފަތުއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.
ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ ޕީޕީއެމުންނެވެ. ޖާބިރުގެ އިތުރުން ދިއްދޫ ދާއިރާ ތަމްސީލްކުރައްވާ ޖުމްހޫރީ ޕާޓީގެ މެންބަރު، އަބްދުލް ލަތީފް މުހައްމަދު ވެސް ވަނީ މަޖިލީހަށް ދެ އިސްލާހެއް ހުށަހަޅުއްވާފައެވެ.
ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ފަރާތްތަކަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ހެދުމަށް މަސައްކަތްކުރަމުން އަންނަ އިރު މަޖިލީހަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 21 ވަނަ ދުވަހު ހަމަވާނެއެވެ.