މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުގެ މިނިސްޓަރުގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާދިއްތަ ދުވަހު ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބުގެ މަގާމަށް ލެއްވީ ސ. ހުޅުދޫ ބްލޫބެލް، ޝިމާޒު އަލީ (ޝިމާއްޓޭ) އެވެ. ޝިމާޒު އަލީ ކޮމަންވެލްތް މީޑިއާ ޑިވެލޮޕްމަންޓް ވޯކްޝޮޕްގައި ބައިވެރިވެވަޑައިގެންފައިވާ ކުޅިވަރުގެ ނޫސްވެރިއެއް އަދި އެނަލިސްޓެކެވެ. ކުރީން އޭނާ ވަނީ ފިޝަރީޒް މިނިސްޓްރީގެ ޕްރޮގްރާމް އޮފިސަރެއްގެ މަގާމުވެސް އަދާ ކުރައްވާފަ އެވެ.
ފުޓްބޯލް އެސޯސިއޭޝަންގެ މީޑިއާ އޮފިސަރުގެ މަޤާމް ވެސް ޝިމާޒް ފުރުއްވެވި އެވެ.