ދ.ކުޑަހުވަދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެފައިވާތީ، އެ ރަށުގެ އެކި ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ކުރަމުން ދާކަމަށެވެ.
އަދި 4 ގެއަކަށް ފެންވަދެފައިވާކަމަށާއި އެ ގެތަކުގައި ވެލި ބަސްތާ ޖަހަމުންދާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދިވެސް އެ ރަށަށް ވާރޭ ވެހެމުން ދާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
![](https://dyncz33htw1ec.cloudfront.net/posts/1549610587.jpg)
ކ އަތޮޅާއި ލ އަތޮޅާއި ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާ އިން އެ ސަރަހައްދަށް ވަނީ ހުކުރު ދުވަހު ވައިޓް އެލާޓް ނެރެފައިވެއެވެ.
އެގޮތުން ހުކުރު ދުވަހުގެ ހެނދުނު 9:15 އިން ހަވީރު 15:00 އާއި ހަމައަށެވެ. ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.