ހދ.ކުޅުދުއްފުށި ފިހާރައަކަށް ވަދެ، ފައިސާތަކެއް ފޭރިގަތް މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީ ފިހާރައަކަށް މޫނު ނިވާކޮށްގެން ހުރި މީހަކު ވަދެ ވަޅިއަކުން ބިރު ދައްކައިގެން ފައިސާ ފޭރިގަތް މައްސަލައެއް ބުދަ ދުވަހުގެ ރޭ 21:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެމައްސަލައިގައި 36 އަހަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފޭރުނީ ކިހައި އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިފަހަކަށް އައިސް އަތޮޅުތެރޭގެ ރަށްރަށުން ވައްކަމާއި، ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.