ކ. މާލެ
|
15 ފެބްރުއަރީ 2017 | ބުދަ 23:22
ވިކްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ވިކްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ލީވާން އަލީ
ވިކްޓްރީ ސްޕޯޓްސް
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
ޝާޒްއާ މެދު މެނޭޖްމަންޓް އަދި ކުޅުންތެރިން ސުވާލު އުފައްދާ: ނަޒީމް
ރާއްޖޭގައި ކޯޗިން ދާއިރާގައި ޝާޒްގެ ތަޖުރިބާ މަދު: ނަޒީމް

ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމުން ޝާޒްލީ ވަކުރުމަށް ފަހު އަލީ ސުޒެއިން ގެނައީ ކްލަބުން ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެކަމުގެ ބިރުގައި ކަމަށް ވިކްޓްރީގެ ޗެއާމަން އަހުމަދު ނަޒީމް ބުނެފި އެވެ.

އެފްއޭއެމް ހައުސްގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނަޒީމް ވިދާޅުވީ ޓީމުގެ ކަންތައްތައް ޝާޒް އަށް ގެންދެވިފައިވަނީ އެންމެ ހިތްހަމަޖެހޭ ގޮތަށް ނޫން ކަމަށާއި، ޓީމާ ހަވާލުވުމަށް ފަހު ޝާޒް އަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ވެސް ނުވާ ކަމަށެވެ.

ނަޒީމް ވިދާޅުވީ ކުރިޔަށް އޮތް ސީޒަނަށް ބޮޑެތި ހަރަދުތަކެއް ކޮށްގެން ކުރިމަތިލާއިރު، ސަޕޯޓަރުން ވެސް އުއްމީދުކުރާނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ސަޕޯޓަރުންގެ އުންމީދު ހާސިލްކުރަން ކްލަބުން ނިންމަންޖެހޭ ނިންމުމެއް އަދި ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކުރިޔަށް އޮތް ސީޒަނާ ކުރިމަތިލާއިރު، ޓީމު އޮތީ ރަނގަޅަށް ތައްޔާރުވެފަތޯ ކްލަބްގެ މެނޭޖްމަންޓް އަދި ކުޅުންތެރިން ސުވާލު އުފައްދަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ޝާޒްގެ ގާބިލްކަމާމެދު ސުވާލު ނުއުފެއްދޭނެކަން ފާހަގަކުރައްވަމުން ނަޒީމް ވިދާޅުވީ ޝާޒްގެ ތަޖުރިބާ މަދު ކަމަށާއި، ރާއްޖޭގައި ކޯޗިން ދާއިރާގައި ތަޖުރިބާ އެންމެ ރަނގަޅު އެއް ކޯޗަކީ މިހާރު ސުޒޭން ކަމަށެވެ.

ނަޒީމް ވިދާޅުވީ ޝާޒް ވިކްޓްރީ އަށް ގެނައުމުގެ ކުރިން ބިދޭސީ ކޯޗެއް ކްލަބަށް ގެނެވުމާ މެދު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، އެހެންނަމަވެސް އެ ނިންމުން ވަކިގޮތަކަށް ނުނިންމާ ޝާޒްއާ ކޯޗުކަން ހަވާލުކުރީ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް