މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިްނ ކޮމްޕެނީ (އެމްޓީސީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަންކޮށްފިއެވެ.
މި ދެކުންފުނީގެ ބޯޑަށް ބޭފުޅުން އައްޔަން ކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޮރްޕްރިއޭޒަނ ބޯޑުން ހާމަކޮށްފައިވަނީ ބުދަ ދުވަހު ކުރި ޓްވީޓެއްގައެވެ.
އެގޮތުން އެމްޓީސީސީގެ ބޯޑަށް އައްޔަންކޮށްފައިވާ ދެ ބޭފުޅުންނަކީ، މ. ފުރަހަނިއާގެ، އަބްދުﷲ ޝާއިރު އާއި ސިނާން އަލީ، މާލެ ދަފްތަރު ނަންބަރު 950. މި ދެބޭފުޅުންވެސް އައްޔަން ކޮށްފައިވަނީ ނޮން އެކްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައެވެ. ޕޯޓްސްގެ ނޮންއެކެޒެޓިވް ޑިރެކްޓަރުންގެ މަގާމަށް އައްޔަން ކުރި ދެ ބޭފުޅުންނަކީ، މުހައްމަދު ޝަރީފް، މ. ސަނީ ކޯސްޓް އާއ މާލެ ދަފްތަރު ނަންބަރު 7449، ޖަފަރް ރަޝީދުއެވެ.
އަދި މީގެ އިތުރުން ފެނަކާ އަދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިިމިޓެޑް (އެމްއެސްސީސީ) އަށް ވަނީ މިއަދު ޗެއާމަނުން އައްޔަންކޮށްފައެވެ.
ފެނަކާގެ ޗެއާމަން އަކަށް މ.މާޑު މުހައްމަދު ރަޝީދު އައްޔަންކޮށްފައިވާއިރު މ. ގުލްބަހާރުގެ ހުސޭން މުހައްމަދު އައްޔަންކޮށްފައިވަނީ އެމްއެސްސީސީގެ ޗެއާމަންއަކަށެވެ.
ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ބޯޑު ތަކަށް ބަދަލު ގެނެސްފައިވާ އިރު ސްޓޭޓް ޓްރޭޑިން ކޮމްޕެނީ (އެސްޓިއޯ) ގެ ޗެއާމަނަކަށް ވެސް ވަނީއާ ބޭފުޅަކު އައްޔަންކޮށްފައެވެ. އެ މަގާމަށް އައްޔަން ކޮށްފައިވަނީ މ. ހުއިވަނި، އިސްމާއިލް ޔާސިރްއެވެ.