ނ. އަތޮޅުގައި ހިންގާ ރޮބިންސަން ރިސޯޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި މަރުވީ ޗައިނާގެ 45 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ. އޭނާގެ ހަށިގަނޑު ނ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި މީހާގެ އިތުރުން ފީނަށް ގޮސް އުޅުނު ދިވެހި ޒުވާނަކު ވެސް މިއަދު ވަނީ މަރުވެފައެވެ.
މި ފަދަ ގޮތަކަށް މަރުވާ ފަތުރުވެރިވެރިންގެ އަދަދު ވެސް އިތުރުވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މި ފަހުން އެކި ހާދިސާތައް ދިމާވެ ޓޫރިސްޓުން މަރާ ފަތުވެރިން ގިނަވުމާ ގުޅިގެން ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ހިންގި އިންސްޕެކްޓުން އެއްވެސް ފަރާތަކުން އިހުމާލުވެފައިވާ ކަމަށް ފާހަގަ ކުރެވިފައިނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.