ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ރިޔަސީ ބަޔާން މާދަމާ ރައްޔިތުންގެ މަޖިލީހަށް އިއްވަވާ އިރު މާދަމާއަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަވާނީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައެވެ. ރިޔާސީ ބަޔާން އިއްވަވަން ދަރުބާރުގޭގައި ބާއްވާ ޖަލްސާ ފެށޭނީ ހެނދުނު 10:00 ގައެވެ.
ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.
މާދަމާއަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަދަލުކޮށްލިތާ ހަތް އަހަރުފުރޭ ދުވަހެވެ. އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރުގެ 7 ވަނަ ދުވަހު ބަދަލުވެގެން ދިޔައީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ސިލްސިލާ މުޒާހަރާތަކަށް ފަހު ފުލުހުންނާއި ސިފައިންގެ ބަޔަކު މަގުތަކަށް ނުކުމެ ގައުމުގެ ހަމަޖެހުން ނަގާލުމާ ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކާއި ވެރިކަން ބަދަލުކުރުމަށް ދިން އިންޒާރުތަކާ ގުޅީގެން ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާދެއްވިއެވެ.