ހަތަރު ކުންފުންޏެއްގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފިއެވެ.
ބުދަ ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕައިރަޓައިޒޭޝަން ބޯޑުން ހާމަކޮށްފައިވާ ގޮތުގައި މެމްބަރުން އައްޔަންކުރައްވާފައި ވަނީ މޯލްޑިވިސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފްއެލް)، މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަދި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އިތުރުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އަށެވެ.
އައިލެންޑް އޭވިއެޝަންގެ ބޯޑަށް ފަސް މެމްބަރަކު ވަނީ އައްޔަންކޮށްފައެވެ. އެގޮތުން ބޯޑުގެ ޗެއާމަންގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ، ގދ. މާވެޔޮދަށުގެ ޑރ. އަހްމަދު ޝަމްހީދެވެ. ޝަމްހީދަކީ ކުރިން ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެކްޒެކެޓިވް ޑައިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ އެމްޑީކަމާ ދާދި ފަހުން އައްޔަންކުރެއްވި، މ. ޏަމްޏަމްގެ އާއިޝަތު ޖެނިފާއެވެ.
We have appointed the following board members to Island Aviation Services Limited (IASL) pic.twitter.com/5kwAWPfwNG
— Privatization & Corporatization Board (@pcb_gov) February 6, 2019
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއެޝަންގެ ބޯޑުގެ ނޮން އެކްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިންބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ. އެމަގާމަށް އައްޔަން ކުރެއްވީ މ. ރުބިކް، އަބްދުﷲ އާމިރު، ޏ. ފުވައްމުލަކު، މައުނާ، އަބްދުﷲ އާޒިމް އާއި މާލެ ދަފްތަރު ނަންބަރު: 7454، އަޒްހީލް އަހުމަދުއެވެ.
އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި އެމްސީއައިއެފްއެލްގެ ބޯޑަށް އައްޔަންކުރައްވާފައިވާ ދެ ބޭފުޅުންނަކީ، ސ.ހިތަދޫ، ފާޒް، އިނާޒް މުހައްމަދު ދީދީ، އާއި ހ. ފަންފިނި، އިބްރާހިމް މުއްޠަލިބްއެވެ.
We have appointed the following non-executives directors to Maldives Centre for Islamic Finance limited
— Privatization & Corporatization Board (@pcb_gov) February 6, 2019
1- Inaz Mohamed Didi, Faaz S.Hithadhoo
2- Ibrahim Mutthalib, H.Fanfini
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް އުފައްދާފައިވާ އެމްޓީޑީސީގެ ބޯޑަށް ތިން ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ. ބޯޑުގެ ޗެއާމަން ކަމަށް އައްޔަންކުރެއްވީ މ. ދޭލިޔާގެ، އަބްދުﷲ ފާއިޒެވެ. އެމްޓީޑީސީގެ ބޯޑު މެމްބަރުންނަށް އައްޔަންކުރައްވާފައިވާ ދެ ބޭފުޅުންނަކީ ހ. މާރިކިލް، މުހައްމަދު ފާތިހް އާއި ސ. ހުޅުދޫ ތަނޑިރަތްމާގެ މުހައްމަދު ޖަނާހުއެވެ.
We have appointed the following board members to MTDC Plc
— Privatization & Corporatization Board (@pcb_gov) February 6, 2019
1- Abdulla Faiz, Ma.Dheyliyaage as the Chairman
2. Mohamed Fathih, H.Maarikil
3. Mohamed Janah, Thandiraiymaage S.Hulhudhoo
މީގެ އިތުރުން އެމްޑަބްލިއުޔުއެސްސީގެ ޗެއާމަން ކަމަށް ވެސް ބޭފުޅަކުވަނީ ހަމަޖައްސަވާފައެވެ. އެ މަގާމަށް އައްޔަން ކުރެއްވީ، ގ. ޕްލެޒެންޓް ވޭވްސް، އަހްމަދު މައުސޫމްއެވެ.
We have appointed Ahmed Mausoom, G.Pleasant Waves, as the Chairman of MWSC
— Privatization & Corporatization Board (@pcb_gov) February 6, 2019