މާލެ އަތޮޅާއި މ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާ އިން އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބޭހޭ ގައުމީ އިދާރާ އިން ބުނީ، މި ސަރަހައްދަށް ގަދަ ވަޔާއިއެކު ބޯކޮށް ވާރެވެހުމުގެ އިތުރުން ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މާލެ އަތޮޅާއި މ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވަނީ، ބުދަ ދުވަހުގެ ހެނދުނު 10:15 އިން ހަވީރު 16:00 އާއި ހަމައަށެވެ.
Alert White pic.twitter.com/40fZtQAFlk
— Maldives Meteorology (@MetMaldives) February 6, 2019
ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.