ޗައިނީސް އާ އަހަރު ފެށުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި ޕްރިމިއަރ ލީ ކަޗަންގ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ޞާލިޙް ތަޙުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މި އުފާވެރި މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޗައިނާ ސަރުކާރަށާއި ޗައިނާގެ އެކުވެރި އެންމެހާ ރައްޔިތުންނަށް ވަރަށް ހޫނު މަރުޙާބާއެއް ވަނީ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޗައިނާއަށާއި ޗައިނާގެ ރައްޔިތުންނަށް ކުރިއެރުމާއި ސުލްހައާއި ހަމަޖެހުމަށް އެދިވަޑައިގެންފައި ވެއެވެ.