ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއާ އެކުގައި މަސައްކަތް ކުރަން އަދާލަތު ޕާޓީން އެދިފައިވާތީ އެކަމާމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ކުރިއަށް އެބަދެއެވެ.
އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ބާއްވަމުންދަނީ އަދާލަތުން މަޖިލީހުގެ 13 ދާއިރާ އަކަށް ކުރިމަތިލާން ނިންމުމުން އެކަމާއިމެދު ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުމެކެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ކުރިއަށްދާއިރު އެޕާޓީގެ ނިންމުން މިއަދު މެންދުރު ފަހު 1 ޖަހާއިރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
ކުރީގެ ރައީސް މައުމޫނުގެ ތާއީދާއެކު 32 ދާއިރާ އަކަށް ކުރިމަތިލާނެ ކަމަށް އެމްއާރްއެމް އިން ވެސް ވަނީ ބުނެފައެވެ. އެމްޑީޕީން ވަކިން 87 ދާއިރާއަކަށް ވާދަކުރާނެކަން އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. ނަމަވެސް އެ ޕާޓީން ކެނޑިޑޭޓުން ނެރުމަށް ނިންމާފައިވަނީ 86 ދާއިރާއަކަށެވެ. ފ. ނިލަންދޫ ދާއިރާއަށް އެއްވެސް ކެނޑިިޑޭޓަކު ކުރިމަތިލާފައިނުވުމާއެކު އެ ދާއިރާއަށް އެމްޑީޕީން ވާދަނުކުރުމަށް ވަނީ ނިންމާފަ އެވެ.