މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގެ އައްޑޫ އޮފީހުގެ ތިޖޫރީ ވަގަށް ނަގައިފިއެވެ.
ފުލުުހުންގެ މީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިިދާޅުވީ، އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ އޮފީހުގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ ތިޖޫރީ ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އަންގާރަ ދުވަހު ހެނދުނު 08:01 ގައި ކަމަށާއި، ތިޖޫރީގައި 50،000 އަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް މިހާތަނަށް އެނގިފައިވާ ކަމަށެވެ.
މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާއިރު، އެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މި ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މި އަހަރުގެ މިހާތަނަށް ވެސް ވައްކަމުގެ 358 މައްސަލަ ފުލުހުންނަށް ރިޕޯރޓް ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.