އުރީދޫ މޯލްޑިވްސް އިން މި އަހަރު ބާއްވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް އެކުންފުނިން ހާމަކޮށްފި އެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ފަރާތްތައް ކަމަށެވެ.
އެ ކުންފުނިން ބުނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ އަދި ނޯޓިސް މި މަހުގެ 15 ވަނަ ދުވަހު އެ ކުންފުނީގެ ވެބްސައިޓުގައި އާންމު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި ތަން ވެސް އެ ދުވަހު އިއުލާނު ކުރާނެ ކަމަށް އުރީދޫންއިން ބުންޏެވެ.