ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރު ހުޝާމް މުހައްމަދުގެ ބައްޕަ މުހައްމަދު ހުސެއިންފުޅު ނިޔާވެއްޖެއެވެ.
ހުޝާމްގެ ބައްޕަ ނިޔާވީ ހޯމަ ދުވަހު މެންދުގެ ވަގުތެއްގައެވެ.
ޅ.ހިންނަވަރު، ހިރިގާ, މުހައްމަދު ހުސެއިންފުޅު (ކުޑަ ދޮންބެ) ނިޔާވީ އުމުރުން 85 އަހަރުގައެވެ. މަޣްރިބް ނަމާދަށް ފަހު އާސަހަރާގައި މިހާރު ވަނީ ވަޅުލާފައެވެ.
ހިންނަވަރު ކުޑަ ދޮންބެ ނިޔާވުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ޒަމާނުއްސުރެ ހިންނަވަރު ބޮޑު ކަތީބު ކަމަށާއި، އުމުރުން 24 ގައި ރާއްޖޭގެ އެންމެ މޮޅު ފޯވާޑް ކަމަށާއި ކުޅަދާނަ ޅެންވެރިއެއް ކަމަށެވެ.
Hinnavaru Kuda Dhonbe akee zammanusure Hinnavaru bodu katheeb.Umurun 24 aharugai Raajjeyge eyruge best forward,kulhadhaana lhenverieh,mudharisseh adhi vakin khaasakoh qawmah vafaatheri khidhmaiytherieh.Maiy Allah marhoom ah suvaruge minvaru kuravva,aailaa ah kehtherikan dhevvashi
— Mohamed Nasheed (@MohamedNasheed) February 4, 2019
މީގެ އިތުރުން ނަޝީދު ވިދާޅުވީ ކުޑަ ދޮންބެއަކީ މުދަރިސްއެއް ކަމަށާއި، ވަކިން ޚާއްސަކޮށް ގައުމަށް ވަފާތެރި ހިދުމަތްތެރިއެއް ކަމަށެވެ.
ނަޝީދު ޓްވީޓް ނިންމާލާފައި ވަނީ މަރްހޫމްއަށް ސުވަރުގެ މިންވަރު ކުރައްވާ އައިލާއަށް ކެތްތެރިކަން ދެއްވުމަށް އެދެމުންނެވެ.
ކުޑަ ދޮންބެއަކީ ރާއްޖޭގެ ރަސީއުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލީހުގެ ބޮޑުބޭބޭފުޅެކެވެ.