ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތާއިދާއެކު 24 ދާއިރާއަކަށް ވާދަކުރަން ނިންމައި, 11 ދާއިރާ އަކަށް ވާދަނުކުރުމަށް ނިންމައިފި އެވެ.
މީގެ ކުރިން އެމްއާރްއެމް އިން ވާދަ ކުރަން ނިންމާފައިވަނީ 36 ދާއިރާ އަކަށެވެ. ނަމަވެސް މައުމޫނުގެ ތާއިދާ އެކު 24 ދާއިރާ އަކަށް ވާދަ ކުރަން ނިންމި ކަން އިއުލާން ކޮށްފައި ވަނީ ހޯމަ ދުވަހުއެވެ.
މައުމޫނުގެ ތާއިދާ އެކު ގިނަ ފަރާތްތަކަކުން މަޖިލީހަށް ކުރިމަތިލާން ޝައުގުވެރިކަންފާޅު ކޮށްފައިވާއިރު، ޓިކެޓް ދިނުމުގައި ބަލާފައިވަނީ ތައުލީމީ އަދި ތަޖުރިބާ ހުރި ފަރާތްތަކަށް ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ. ރައީސް މައުމޫނުގެ ތާއިދާ އެކު އޭޕްރިލް މަހު ބާއްވާ މަޖިލީހުގެ އިންތިހާބަށް ވާދަ ކުރައްވާ ދާއިރާ ތަކަކީ:
- ހެންވޭރު އުތުރު ދާއިރާ
- ގަލޮޅު ދެކުނު ދާއިރާ
- މައްޗަންގޮޅި އުތުރު ދާއިރާ
- މައްޗަންގޮޅި ދެކުނު ދާއިރާ
- މާފަންނު ހުޅަނގު ދާއިރާ
- މާފަންނު މެދު ދާއިރާ
- މާފަންނު ދެކުނު ދާއިރާ
- ވިލިމާލެ ދާއިރާ
- ކެލާ ދާއިރާ
- ނޮޅިވަރަމް ދާއިރާ
- ކޮމަންޑޫ ދާއިރާ
- ތުޅާދޫ ދާއިރާ
- ތުލުސްދޫ ދާއިރާ
- ކ.ގުރައިދޫ ދާއިރާ
- ދިއްގަރު ދާއިރާ
- މުލަކު ދާއިރާ
- ނިލަންދޫ ދާއިރާ
- ތ.ގުރައިދޫ ދާއިރާ
- އިސްދޫ ދާއިރާ
- ފޮނަދޫ ދާއިރާ
- މާވަށު ދާއިރާ
- ތިނަދޫ އުތުރު ދާއިރާ
- ގައްދޫ ދާއިރާ
- ހިތަދޫ އުތުރު ދާއިރާ
އެމްއާރްއެމްގެ ފަރާތުން ވާދަ ނުކުރަން ނިންމާފައި ވަނީ އެގާރަ ދާއިރާ އަކަށެވެ. އޭގެ ތެރޭގައި މަޖިލީހުގެ ގޮނޑި ގެއްލުނު 12 މެމްބަރުންގެ ދާއިރާތައްވެސް ހިމެނޭއެވެ. އޭގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ މައްޗަންގޯޅި މެދު ދާއިރާއަށާއި، ޖުމްހޫރީ ޕާޓީ ލީޑަރު ޤާސިމް އިބްރާހިމް ވާދަކުރައްވާ މާމިގިލި ދާއިރާއަށްވެސް ވާދަނުކުރުމަށް ނިންމާފައިވެއެވެ.
އެ ދާއިރާތަކާކީ:
- ހުޅުމާލެ ދާއިރަ
- މައްޗަންގޮޅި މެދު ދާއިރާ
- ދިއްދޫ ދާއިރާ
- ހަނިމާދޫ ދާއރާ
- މަކުނޫދު ދާއިރަ
- މަޑުއްވަރި ދާއިރާ
- މާމިގިލި ދާއިރާ
- ތިމަރަފުށި ދާއިރާ
- ތިނަދޫ ދެކުނު ދާއިރާ
- ފުވައްމުލަކު އުތުރު ދާއިރާ
މީގެ އިތުރުން ރައީސް މައުމޫނުގެ ތާއިދާ އެކު މަޖިލީހަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކެއް ހުރި ނަމަ، ފެބްރުއަރީ ހަވަނަ ދުވަހުގެ ކުރިން އެފަރާތްތަކަށް އެންގުމަށް އެމްއާރްއެމް އިން ވަނީ އެދިފައެވެ.