ވެނެޒުއޭލާގައި ރިޔާސީ އިންތިހާބެއް ބާއްވަން ޔޫރަޕްގެ ބާރުތަކުން ދިން މުހުލަތު ހަމަވުމާ ގުޅިގެން، އިދިކޮޅު ލީޑަރު ހުއާން ގައިޑޯއަކީ ވެނެޒުއޭލާގެ ރައީސްގެ ގޮތުގައި ބަލައިގަތުމަށް ޔޫރަޕުގެ ހަ ގައުމުކުން ނިންމައިފިއެވެ.
ގައިޑޯއަކީ ވެނެޒުއޭލާގެ ރައީސްގެ ގޮތުގައި ބަލައިގަންނަން ނިންމި ޔޫރަޕްގެ ގައުމުތަކަކީ ފަރަންސޭސްވިލާތް، އޮސްޓްރިއާ، ސްވިޑްން، ޑެންމަރކް، އިނގިރޭސިވިލާތް އަދި ސްޕެއިންއެވެ.
Nicolas Maduro has not called Presidential elections within 8 day limit we have set. So UK alongside European allies now recognises @jguaido as interim constitutional president until credible elections can be held. Let’s hope this takes us closer to ending humanitarian crisis
— Jeremy Hunt (@Jeremy_Hunt) February 4, 2019
އިންތިހާބެއް ބާއްވަން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއަށް ދިން އަށް ދުވަހުގެ މުހުލަތު ހަމަވީ އާދިއްތަ ދުވަހުއެވެ. މަޑޫރޯ ވަނީ ގޮތްދޫނުކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެ ގައުމުގެ ހަމަޖެހުން ނަގާލަން ޔޫރަޕްގެ ގައުމުތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ވަގުތީ ރައީސްއަކީ ގައިޑޯ ކަމަށް ބަލައިގަންނަން ޔޫރަޕުގެ ގައުމުތަކުން ނިންމާފައިވާ އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަސްކަރިއްޔާ ފޮނުވަން އިހްތިޔާރު އެބަ އޮތް ކަމަށް ވިދާޅުވެ ވެނެޒުއޭލާގައި ބާރުގެ ބޭނުން ކުރަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމުގެ އިންޒާރުދެއްވާފައެވެ.