ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ އަންހެން މީހާ ނިޔާވިއިރު، އޭނާގެ ހަޔާތުން އުފަލުން ވޭތުކޮށްފައި ވަނީ އެންމެ ދުވަހެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ރަޝިޔާއަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ ކޮކޫ އިސްޓަމްބުލޯވާ އުމުރުން 129 އަހަރުގައި ނިޔާވެފައިވާއިރު، އޭނާއަކީ 1950 ގެ އަހަރުތަކުގައި ސޯވިއެޓް ޔޫނިއަންގެ ޖެނެރަލް ސެކެޓަރީކަން ކުރި އަނިޔާވެރި ވެރިއެއް ކަމަށްވާ ޖޯސެފް ސްޓާލިންގެ ޒަމާނުގެ އަނިޔާވެރިކަން ވަރަށް ގާތުން ތަހައްމަލުކޮށް އެ އަނިޔާތަކުން ވަރަށް ހަނި ގޮތެއްގައި ސަލާމަތްވެފައިވާ މީހެއް ކަމަށް އެޤައުމުގެ ރިޕޯރޓުތައް ބުނެއެވެ.
ކޮކޯ ނިޔާވެފައިވާއިރު، ރަޝިޔާގެ މީޑިއާގެ ސަމާލުކަމަށް ކޮކޯ ފުރަތަމަ އައިސްފައި ވަނީ ޖޯސެފްގެ އަނިޔާތަކަށް ފިލުމަށް އަމިއްލައަށް ކަޒަކިސްތާނަށް އަރުވާލެވިިގެން އެތައް ދުވަހަކު ހުރުމަށް ފަހު އަނބުރާ ޤައުމަށް އައިސް އެ ތަޖުރިބާ ހިއްސާ ކުރުމުންނެވެ. އެގޮތުން ސްޓާލިންގެ އަނިޔާވެރިކަމުގެ ދަށުގައި ދެކިފައިވާ ލާއިންސާނީ މަންޒަރުތަކުގެ ވާހަކަ ކޮކޯ ވަނީ މީޑިއާއާ ހިއްސާކޮށްފައެވެ.
ކޮކޯ ބުނެފައި ވަނީ އެ ދުވަހު އެނބުރި ޤައުމަށް އައިސް އަމިއްލައަށް ބިނާކުރި ގެއަކަށް ވަދެވުނު ދުވަހަކީ މުޅި ހަޔާތުގައި ވެސް އުފަލުން ހޭދަކުރެވުނު ހަމައެކަނި ދުވަސް ކަމަށެވެ.
މަރުވިއުރު 5 މާމަ ދަރިންނާއި 15 މުނިމާމަ ދަރިން ކޮކޯގެ ތިބިއިރު، އޭނާގެ އާއިލާ އިން ބުނީ އޭނާ މަރުވީ ކުއްލިއަކަށް ސިއްހީ ހާލަތު ގޯސްވެ ލޭގެ ޕްރެޝަރު ދަށްވެގެން ކަމަށާއި، މަރުވިއިރު ކޮކޯ ދިޔައީ ނަމާދުކޮށް ދުއާކުރަމުން ކަމަށެވެ.
ޖޯސެފް ސްޓާލިން ވަނީ ރަޝިއާގެ މުސްލިމުން ދިރިއުޅޭ އަވަށެއް ކަމަށްވާ ޗެޗްނިއާގެ ހަތަރު ލައްކައަށް ވުރެ ގިނަ މީހުން އަނިޔާވެރިކަމާ އެކު އެކި ތަންތަނަށް ޑީޕޯރޓުކޮށް އެތައް ބަޔަކު މަރާލުމަށް ފަހު އެތަނުގެ މަގުތަކާއި ގެތައް ހަލާކުކޮށްލާފައެވެ. އަދި ރަޝިއާގެ ޗާޓުން ވެސް ޗެޗްނިއާ އޭރު އޮތީ ފުހެލާފައެވެ.