ސިއްރު ފެންފުށީގެ އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ, މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ 11:30 ގައި ކަމަށާއި, މަރުވެފައިވަނީ 22 އަހަރުގެ ދިވެއްސެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވެފައިވަނީ އިމާރާތުގައި މަސަތްކަތް ކުރަނިކޮށް ވެއްޓިގެންނެވެ. އަދި އޭނާ މަރުވީ ފަރުވާ ދިނުމަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް ހޮސްޕިޓަލުގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.