ވަގު ޑޮލަރުތަކެއް މާރުކުރި މައްސަލައައެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުހުން ބުނީ އެދެ މީހުން ހޯދަމުން ގެންދަނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ސައްޚަނޫން އެމެރިކާ ޑޮލަރުތަކެއް މާރުކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ މިދެ މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696އަށް ގުޅުއްވައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.
ދެ މީހުން ހޯދުމަށް ފުލުހުން އާއްމު ކޮށްފައިވާ ސީސީޓީވީ ފްޓޭޖުން ފެންނަނީ ދެމީހަކު އޮފީހެއް ކަހަލަ ތަނަކަށް ވަންނަ މަންޒަރެވެ. އަދި އެތަނުން އެކަކު އެތެރެއަށް ވަދެގެންދާއިރު، އަނެއް މީހާ ފޯނެއްގައި މަޑުކޮށްގެން ހުންނަ ތަން ފެނެއެވެ.
ސައްހަ ނޫން ޑޮލަރުތަކެއް މާރުކުރި ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވާއިރު، ވަގު ޑޮލަރު ނޫޓް ދައުރުވަމުންދާ ކަމަށް ބުނެ ބައެއް އާންމު ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކުރަމުންނެވެ. ނަމަވެސް ސަރުކާރު ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.