މި އަޒުމު ނުގުޑާނެ ކަމަށާއި، އަދި ހިތްވަރު ނޭލޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫނު އެހެން ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ސްޕްރީމް ކޯޓުން ކުރިހުކުމާ ގުޅިގެން ބުދަ ދުވަހު ކުރައްވާފައިވާ ޓްއީޓެއްގައެވެ.
ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ހުކުމް ކުރީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ
ޕީޕީއެމްގެ ލީޑަޝިޕްގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން، ފަހުން ލިބިދާނެ ގެއްލުމަކަށް ރިއާޔަތްކޮށް، ޔާމީން އިސްވެ އުފައްދަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައްސަލަ ބެލި ވަގުތީ ކޮމިޓީގެ ނިންމުން ވެސް އައިސްފައި ވަނީ ކުރީގެ ރައީސް ޔާމީނާ އެއްކޮޅަށެވެ.
އީސީން އެކުލަވައިލި ވަގުތީ ކޮމިޓީން އެ ކޮމިޝަނަށް ދިން ލަފާގައި ވަނީ ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުން ކޮށްގެން ކޮންގްރެސް ޕާޓީ އުފެއްދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ޕާޓީ އުފެއްދުމުގެ ހުއްދަ ބާތިލު ކުރެވެން ނެތް ކަމަށެވެ.
ސްޕްރީމް ކޯޓުން މި ހުކުމް ކުރި އިރު، ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އާންމު ދެ މެމްބަރަކު ހުށަހެޅި މައްސަލައަކާ ގުޅޭ މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި މިހާރު އެބަ އޮތެވެ.
އެ މައްސަލަ ޕީޕީއެމުން ކޯޓަށް ވެއްދީ އިލެކްޝަންސް ކޮމިޝަނުން އެ ކޮންގްރެސް ބަލައިނުގަންނަން ނިންމުމުންނެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އެ ހުކުމާ އެކު، ދައުލަތުގެ މިދިޔަ އަހަރުގެ ބަޖެޓުން ޕީޕީއެމަށް ދޭން ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން އީސީން ހިފެހެއްޓި އަށް މިލިއަން ރުފިޔާ ވެސް ދޫކުރަން އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ. އަދި އެކަމަށް ފިނޭންސް މިނިސްޓްރީގައި ބުރާސްފަތި ދުވަހު އެދޭނެ ކަމަށް އީސީން ބުނެފައިވެއެވެ.