ކ. މާލެ
|
30 ޖެނުއަރީ 2019 | ބުދަ 18:59
ޕިއްޒާ ކޮމްޕެނީގެ މުވައްޒަފުން، ޕިއްޒާތައް ހިފަހައްޓާލައިގެން
ޕިއްޒާ ކޮމްޕެނީގެ މުވައްޒަފުން، ޕިއްޒާތައް ހިފަހައްޓާލައިގެން
ސިމާހާ ނަސީމް
ޕިއްޒާ ކޮމްޕެނީ
ޕިއްޒާ ކޮމްޕެނީގެ ސްނޯވީ ޗޮކޯ ޕިއްޒާ ތައާރަފުކޮށް ޕްރޮމޯޝަނެއް ފަށައިފި
ސްނޯވީ ޗޮކޯ ޕިއްޒާގެ އިތުރުން އެހެން ދެ ޕިއްޒާއެއް ވެސް ތައާރަފުކުރި
ބައި ވަން ގެޓްވަން ފްރީ ކާޑް ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ޕިއްޒާއަކާ އެކު އިތުރު އެއް ޕިއްޒާ ހިލޭ ލިބޭނެ

ޕިއްޒާ ކޮމްޕެނީގެ ފަރާތުން ސްނޯވީ ޗޮކޯ ޕިއްޒާ ތައާރަފުކޮށް ފްރޮމޯޝަނެއް ފަށައިފިއެވެ.

ޕިއްޒާ ކޮމްޕެނީގެ ފަރާތުން ބުނީ ސްނޯވީ ޗޮކޯ ޕިއްޒާއަކީ ފޮނި ޕިއްޒާއެއް ކަމަށާއި ޕިއްޒާގައި އެކުލެވޭ ބައެއް ތަކެއްޗަކީ ޗޮކްލެޓް، ނަޓެއްލާ، ޗޮކްލެޓް ބްރައުނީގެ އިތުރުން މާޝްމެލޯ ކަމަށެވެ.

"އަސްލު ކަސްޓަމަރުންގެ އެދުމުގެ މަތިން ސްނޯވީ ޗޮކޯ ޕިއްޒާ މި ތައާރަފުކުރީ، އޭގެ އިތުރުން އަޅުގަނޑުމެން ތައާރަފުކޮށްފައިވާނެ މީޓް ލަވާޒްއަށް ހާއްސަ ޕިއްޒާއެއް އަނެއް ޕިއްޒާއަކީ ޗައިނީޒް ނިއު އިޔަރއާ ގުޅިގެން ޗައިނީޒް ފިއުޝަނެއްގެ ގޮތުން އަޅުގަނޑުމެން ގެނައި ޕިއްޒާއެއް" އެ ރެސްޓޯރެންޓްގެ މެނޭޖްމަންޓް ޓްރެއިނީ އަފާޒް ޒާހިދު ބުންޏެވެ.

ޕިއްޒާ ކޮމްޕެނީގެ ފަރާތުން ފަށާފައިވާ ޕްރޮމޯޝަނާ ބެހޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ރެސްޓޯރެންޓްގެ އެސިސްޓަންޓް ރެސްޓޯރެންޓް މެނޭޖަރު އައިމިނަތު މާޝާ ވިދާޅުވީ ބައި ވަން ގެޓްވަން ފްރީ ކާޑް ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ޕިއްޒާއަކާ އެކު އިތުރު އެއް ޕިއްޒާ ހިލޭ ލިބޭނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަންގެ ދަށުން 380ރ. އަށް އެ ކާޑު ލިބޭއިރު ގަންނަ ޕިއްޒާއިން 50 ޕަސަންޓް ޑިސްކައުންޓް ވެސް ލިބޭނެ ކަމަށް މާޝާ ވިދާޅުވިއެވެ. މި ޕްރޮމޯޝަންގެ މުއްދަތަކީ ކާޑު ގަންނަ ދުވަހުން ފެށިގެން ހަ މަސް ދުވަސް ކަމަށް އެ ރެސްޓޯރެންޓުން ބުންޏެވެ.

ޕިއްޒާ ކުންފުނީގެ ފަރާތުން އިތުރަށް ބުނީ ކުރިއަތް އޮތްތަނުގައި ކަސްޓަމަރުންގެ އޯޑަރުތައް ނެގުމަށް ހިލޭ ގުޅޭ ނަންބަރެއް ތައާރަފުކުރާނެ ކަމަށާއި އެގޮތުން 1612 ހިލޭ ގުޅޭ ނަންބަރު ތައާރަފުކުރުމުން ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ރެސްޓޯރެންޓްގެ މަޤްސަދަކީ ކަސްޓަމަރުންގެ ހިޔާލުތަކަށް ބަލާފައި ތަފާތު ޕިއްޒާތައް ކަސްޓަމަރުންނަށް ކަމުދާނެ ގޮތަށް ތައާރަފުކުރުން ކަމުގައި އެ ފަރާތުން ބުނެއެވެ.  

- ކޮމެންޓް