ފިލިޕީންސްގެ ދެކުނުގެ ސަރަހައްދުގައި ހުންނަ މިސްކިތަކަށް ދިން އަތު ބޮމުގެ ހަަމަލާއެއްގައި މަދުވެގެން ދެ މީހުން މަރުވެ ހަތަރު މީހުން ޒަޚަމްވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ޒަމްބޯންގާ ސިޓީގައި މި ހަަމަލާ ދީފައި ވަނީ ބުދަދުވަަހުގެ ފަތިހުގެ ވަގުތެއްގައެވެ.
މި ހަމަލާ ދީފައި މި ވަނީ ފިލިޕީންސްގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ޖޯލޯގެ ރޯމަން ކެތޮލިކް ފަޅިއަކަށް ދިން ބޮމުގެ ދެ ހަމަލާއެއްގައި 20 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވި ހާދިސާއަށް ފަހުއެވެ.
ހަނގުރާމެވެރިންގެ ހަރަކާތްތައް ގިނަ ޖޯލޯ އައިލްނޑްގައި މިދިޔަ އާދީއްތަ ދުވަހު ފުރަތަމަ ހަަމަލާދީފައި ވަނީ އާދީއްތަ ދުވަހު އަޅުކަމަށް މީހުން ޖަމާވެފައިވަނިކޮށެވެ.
ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ތަރުޖަމާނު ސަލްވަޑޯރ ޕަނީލޯ ނެރުއްވާފައިވާ ބަޔާނުގައި ވަނީ ހަނގުރާމަވެރިން ސަރުކާރަށް ޖެއްސުން ކުރަމުންދާއިރު ސަރުކާރުން މިންޑަނާއޯގައި ސުލްހަ ގާއިމްކުރަމުންދާ ކަމަށެވެ.
މި ހަމަލާ ދީފައި ވަނީ ފަތިސް ނަމާދުގެ ކުރިން ގިނަ ބަޔަކު މިސްކުތުގައި ނިދާފައި ތިއްބައެެވެ. ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެއެވެ.