މަރުވެފައި އޮތް މީހަކު ކަރާމާރުކޭޓް ސަރަހައްދުގެ ފަޅުތެރެއިން ފެނިއްޖެއެވެ
ފުލުހުން ބުނެފައިވަނީ ބުދަ ދުވަހުގެ ހެނދުނު 6:08 ގައި ކަރާ މާރުކޭޓް މޫދުގައި މީހަކު މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށާއި ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ. އެގޮތުން ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު މަރުވެފައިވަނީ އިންޑިއާގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފަހަކަށް އައިސް ކުއްލި މަރުގެ ހާދިސާތައް އާދަޔާއި ހިލާފަށް އިތުރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. ފުލުހުން ވަނީ މޫދުގެ ތެރޭގައި މަރުވެފައި އޮތް ފިރިހެން މީހާގެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.
ތަފްސީލް އަންނަނީ...