ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގެ މޫދު ކޮޓަރިތަކެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފް ބުނީ، ރޯވެފައި ވަނީ ފަސް މޫދު ކޮޓަރީގައި ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ އަންގާރަ ދުވަހުގެ ފަތިހު 4:48 ހާއިރު ކަމަށެވެ. އެމްއެންޑީއެފް އިން ބުނީ އަލިފާންގަނޑު ނިއްވާލެވުނީ ސިފައިންނާއެކު އެ ރިސޯޓްގެ ފަޔާ ޓީމުގެ މަސައްކަތުން ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނުކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އަލިފާނުގެ ހާދިސާ ފުރަތަމަ ހިނގާފައި ވަނީ ފަތުރުވެރިން ތިބި މޫދު ކޮޓަރިއެއްގައި ކަމަށާއި ކޮޓަރީގައި ތިބި ފަތުރުވެރިންނަށް ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައި ވަނީ 6:15ގައެވެ.