ބާރަ މީހުންނާއެކު ގެއްލުނު މަސްދޯނި ފެނިއްޖެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
Mahah Furi Fahun Khabareh Nuvegen Hoadhamundhiya "JUMBO" Dhoaneege Khabareh Miadhu 14:29 gai Vejje. Mi Dhoani, Endhaman L.Atoll Thereygai Ulheykamah Dhoaneege Verifaraathun MNDF Coast Guard ah Mauloomaathu Dheefaivey. pic.twitter.com/OX5rVR74uo
— Maldives National Defence Force (@MNDF_Official) January 28, 2019
އެމްއެންޑީއެފުން ބުނެފައިވަނީ އާދިއްތަ ދުވަހު 12 މީހުންނާއެކު މަހަށް ފުރައިގެން ހަބަރެއް ނުވުގެން އުޅުނު ޖަންބޯ ނަމަކަށް ކިޔާ ދޯނި ހޯމަ ދުވަހުގެ މެންދުރު 2:29 ގައި ހަބަރެއް ވެފައިވާ ކަމަށާއި ދޯނީގެ ވެރިފަރާތުން މައުލޫމާތު ދިންގޮތުގައި އެ ދޯނި އެންދަމަން ލ އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ކަމަށެވެ. ދޯނީގައި ތިބި ފަރާތްތަކަށް ހަބަރެއް ނުވެވުނީ ރޭންޖް ނުލިބޭ ސަރަހައްދެއްގައި ތިބިމުންކަމަށް މައުލޫމާތު ލިބެއެވެ.
12 މީހުންނާއެކު މަހަށް ނުކުމެ އުޅުނު 75 ފޫޓްގެ މަސް ދޯންޔެއް ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ އާދިއްތަ ދުވަހުގައެވެ.