ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 09:22
2018 ވަނަ އަހަރުގެ ޖީއެމް ފޯރަމްގެ ތެރެއިން
2018 ވަނަ އަހަރުގެ ޖީއެމް ފޯރަމްގެ ތެރެއިން
ހޮޓެލިއަރ މޯލްޑިވްސް
ޖީއެމް ފޯރަމް
ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް ޔޫރޯ މާކެޓިންގ
މީގެ ކުރިން ތިން ޖީއެމް ފޯރަމް ވަނީ ބާއްވާފައި
ޖީއެމް ފޯރަމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އެދާއިރާގެ ތަޖުރިބާކާރު އިސްވެރިންނާއި އެކު ކުރިއަށްގެންދާ ފޯރަމެއް

ހޮޓެލިއަރ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް ޔޫރޯ މާކެޓިންގ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޖީއެމް ފޯރަމްގެ ހަތަރު ވަނަ ބައްދަލުވުން އޮންނާނީ މި އަހަރުގެ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު، ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ޖީއެމް ފޯރަމްގައި ވެސް ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުން ހުރި ކަންތައްތަކާއި ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވޭނެއެވެ.

ޖީއެމް ފޯރަމްގެ ހަތަރު ވަނަ ބައްދަލުވުމުގައި ފަތުރުވެރިކަން ކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މަސައްކަތްތެރިންގެ ހުނަރާއި އެ ދާއިރާގައި ހުރި ތައުލީމީ ފުރުސަތުތަކުގެ އިތުރުން ދާއިރާގައި މަސައްކަތް ކުރާ އަންހެން ކަނބަލުންގެ ދައުރާއި ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުގެ އިތުރުން ދާއިރާއާ ގުޅުންހުރި ދިރާސާތައް ހިންގާ ފަރާތްތަކަށް ވެސް ޖީއެމް ފޯރަމްގައި ބައިވެރިވެވޭނެ ކަމަށާއި ޕްރެޒެންޓޭޝަންތަކާއި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހޮޓެލިއަރ މޯލްޑިވްސް އިން ބުނެއެވެ.

ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޖީއެމް ފޯރަމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އެ ދާއިރާގެ ތަޖުރިބާކާރު އިސްވެރިންނާއި އެކު ކުރިއަށްގެންދާ ފޯރަމެކެވެ.

 

 

- ކޮމެންޓް