ކ. މާލެ
|
14 ފެބްރުއަރީ 2017 | އަންގާރަ 18:27
ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ނޫސްވެރިންގެ ފުރާނަ ގެއްލިފައި ވަނީ އަރަބި ގައުމުތަކުން
ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ނޫސްވެރިންގެ ފުރާނަ ގެއްލިފައި ވަނީ އަރަބި ގައުމުތަކުން
ގޫގުލް
ނޫސްވެރިކަން
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
 
2016 ވަނަ އަހަރު 101 ނޫސްވެރިން މަރާލާފައިވޭ

މިދިޔަ އަހަރު 100 އަށްވުރެ ގިނަ ނޫސްވެރިން އެމީހުންގެ މަސައްކަތުގައި އުޅެމުންދަނިކޮށް މަރާލާފައިވާ ކަމަށް ނޫސްވެރިކަން ދިފާއުކުރުން ހަވާލުކުރެވިފައިވާ އދ.ގެ އޭޖެންސީއިން ބުނެފިއެވެ.

އދ.ގެ ތައުލީމާ  ސައިންސާއި ސަގާފަތާ ބެހޭ ޖަމްއިއްޔާ ޔުނެސްކޯއިން ބުނީ 2016 ވަނަ އަހަރު 101 ނޫސްވެރިން މަރާލާފައިވާ ކަމަށެވެ.

މިއީ ކޮންމެ ހަތަރު ދުވަހަކަށް ނޫސްވެރިއަކަށް ވުރެ އިތުރު އަދަދެކެވެ.

"ނޫސްވެރިކަމުގެ ދާއިރާއަކީ ރައްކާތެރި ދާއިރާއެއް ނޫން. އަދި ނޫސްވެރިއެއްކަން އަންގައިދޭ ފާސް ނޫނީ މީޑިއާގައި ބޭނުންކުރާ ސާމާނު ދެއްކުން ގިނަ ފަހަރަށް ވެފައި އޮންނަނީ އިތުރަށް އެމީހުންނަށް އަމާޒު ކުރެވޭކަމަކަށް،" ޔުނެސްކޯގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ފޯ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ފްރޭންކް ލަ ރޫ ވިދާޅުވިއެވެ.

ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮޑްދިނުމާ އިމްތިޔާޒްތަކާ ބެހޭ އެކްޝަން ޕްލޭނެއް ކަނޑައަޅައި ޔުނިސެފުން ގެންދަނީ ބަލަހައްޓަމުންނެވެ.

މި އެކްޝަން ޕްލޭނުގެ އަމާޒަކީ ހަމަނުޖެހުން ހިނގަމުންދާ އަދި ހަމަނުޖެހުން ހިނގަމުންނުދާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ފެންނަން ހުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ނޫސްވެރިންގެ ފުރާނަ ގެއްލިފައި ވަނީ އަރަބި ގައުމުތަކުންނެވެ. ސީރިއާ، އިރާގް، ޔަމަން، ހިމެނެނީ އެންމެ ގިނަ އަދަދަކަށް ނޫސްވެރިން މަރާލެވުނު ގައުމުތަކަށެވެ. 

އޭގެ ފަހުން އަންނަނީ ލެޓިން އެމެރިކާ އަދި ކެރީބިންގެ ގައުމުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް