އިޓަލީގެ އެލްޕްސް ފަރުބަދަމަތީ ހިސާބުގައި ފްލައިޓްއަކާއި, ހެލިކޮޕްޓަރެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ހަތް މީހަކު މަރުވެއްޖެއެވެ.
ފަރަންސޭސްވިލާތާއި ސްވިޒަލެންޑްއާއި އިންވެގެން އޮންނަ ސަރަހައްދީ ރޮނގުގެ ކައިރީގައި ހުކުރު ދުވަހު ހިނގި މި ހާދިސާގައި ސަލާމަތްވި ދެ މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި ހާދިސާ ހިނގި އިރު ހެލިކޮޕްޓަރުގައި ޕައިލެޓާއި އެކު އިތުރު ފަސް މީހަކު ދަތުރުކުރި އިރު، ފްލައިޓްގައި ދަތުރުކުރަމުން ދިޔައީ ފަރުބަދަމަތީ ހިސާބުގައި ދަތުރުކުރުމުގެ ތަމްރީން ހަދަމުން ދިޔަ ތިން ޕައިލެޓުންނެވެ.
#ValledAosta, ghiacciaio del #Rutor: sono riprese questa mattina alle ore 7:40, con il decollo di due elicotteri della Protezione Civile con a bordo i tecnici del #SoccorsoAlpino e personale medico del 118, le operazioni di ricerca di due persone che risultano ancora disperse. pic.twitter.com/FnkktxMEOH
— Corpo Nazionale Soccorso Alpino e Speleologico (@cnsas_official) January 26, 2019
މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ތަހުގީގުކުރަން ފަށާފައިވާ ކަމަށް އިޓަލީގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
ވަރަށް މަދުން ނަމަވެސް ވައިގެ ތެރޭގައި އެކަތި އަނެކެތި ޖެހި އެކްސިޑެންޓުތައް ވެގެން އެތައް ބަޔެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެގޮތުން 2009 ވަނަ އަހަރުގެ އޮގަސްޓް މަހު އެމެރިކާގެ ހަޑްސަން ރިވަރ މަތީގައި ހިނގި ހާދިސާއެއްގައި ފްލައިޓާއި ހެލިކޮޕްޓަރުގައި ތިބި ނުވަ މީހުންވެސް ވަނީ މަރުވެފައެވެ.