އަވަށްޓެރި ސްރީލަންކާގެ ބަންޑާރަ ނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ( ބީއައިއޭ) އެމެރިކާގެ ސިފައިން ކާގޯ ޓްރާންސްފާކުރާ ހަބެއްގެ ގޮތުގައި ބޭނުން ކުރަމުން ދާ މައްސަލަ އެގައުމުގެ ޕާލަމެންޓްގެ ސަމާލު ކަމަށް ގެނެސްފިއެވެ.
މި މައްސަލަ ޕާލަމެންޓަގެ ސަމާލު ކަމަށް ގެނެސްފައި ވަނީ ޖަނަކަ ވިމުކްތީ ޕެރަމުނަ ޕާޓީގެ މެމްބަރު ބިމަލް ރަތްނަޔަކެއެވެ.
ލަންކާ ސަރުކާރާއި އެމެރިކާއާ ދެމެދު މި ފަދަ ޓްރާންސްފާ ތަކެއް ކުރުމާއި ބެހޭ ގޮތުން އެގްރީމެންޓެއް ހަދާފައި ވޭތޯ އާއި މިގޭ ސަބަބުން އެ ގައުމަށް އެއްވެސް ކަހަލަ ނުރައްކަލެއްވެތޯ ބިމަލް ވަނީ ސުވާލު ކޮށްފައެވެ.
ޖަނަކަގެ ވާހަކަ އަޑު އެހުމަށް ފަހު ޕާލަމެންޓުގެ ''ލިޑާ އޮފްދަ ހައުސް'' ލަކްޝްމަން ކިރިއެއްލާ ވިދާޅުވީ، މި މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނެސް އެ ކަމަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
މި މަހު 18 ވަނަ ދުވަހު ސްރީލަންކަން ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ އިތުރުން ކުރީގެ ޗީފް މިނިސްޓަރު ޑަޔާ ސިރީ ޖަޔަސޭކަރާ ވެސް ވަނީ މި ކަމާއި ބެހޭ ގޮތުން ނުތަނަވަސް ކަން ފާޅުކޮށްފައެވެ.
ޑަޔާ ސިރީ ވިދާޅުވީ، ސަރުކާރާއި ހެދިފައިވާ އެގްރީމެންޓުގެ ދަށުން އެމެރިކާ ސިފައިންނަށް ލަންކާ އަށް އަރައި ފޭބޭނެ ކަމަށާއި، އެހެން ގައުމެއްގެ ސިފައިން ލަންކާ އަށް މިފަދަ ގޮތަކަށް އެތެރެވުމުން އެކަމަށް ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ.
ކޮލަމްބޯ ޕޯޓްގެ ކޮނެޓެއިނާ ޓާމިނަލް އެމެރިކާ ރުއްސުމަށްޓަކައި ދޭން ސަރުކާރުން އުޅޭ ކަމަށް ޑަޔާ ސިރީ ވަނީ ތުހުމަތު ކުރައްވާފައެވެ.
ވެރިރަށް ކޮލަމްބޯ ގައި ހުންނަ އެމެރެކާގެ އެމްބަސީ އިން ބުދަ ދުވަހު ނެރުނު ބަޔާނުގައިވާ ގޮތުން، ''ޔޫ އެސް ނޭވީ'' އެއާ ކްރާފްޓެއް ކާގޯ ތަކެއް ޓްރާންސްފާ އޮޕަރޭޝަނެއް ގައި ބީއައިއޭ އެއާޕޯޓް ގައި މި މަހުގެ 21 ހުން 29 ހަމަޔަށް ހަރަކާތްތެރިވާނެ ކަމަށެވެ.
މި ހަރަކާތަކީ މި ސަރަހައްދުގެ ރީޖަނަލް ހަބަކަށް ސްރީލަންގެ ހެދުމުގެ މަސައްކަތުގެ ދަށުން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ހަރާކާތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އަހަރު ޖެނުއަރީ މަހު ހިންގާ ކާގޯ ޓްރާންސްފާ ކުރުމުގެ އޮޕަރޭޝަންގެ ސަބަބުން 25 މިލިއަން ސްރީލަންކަން ރުޕީސް އެގައުމުގެ އިގްދިސާތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ ސިފައިން ވަނީ ކާގޯ ޓްރާންސްފާ އޮޕަރޭޝަންތަކެއް މިދިޔަ އަހަރުގެ އަހަރުގެ އޮގަސްޓު މަހާއި ޑިސެމްބަރު މަހުވެސް ލަންކާގައި ހިންގާފައެވެ.