ކ. މާލެ
|
14 ފެބްރުއަރީ 2017 | އަންގާރަ 09:07
ތިއާގޯ ސިލްވާ
ތިއާގޯ ސިލްވާ
ގޯލް.ކޮމް
ތިއާގޯ ސިލްވާ
ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
ޕީއެސްޖީ އަދި ބާސާ ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ 00:45 ގައި
ބާސާ މެޗަށް ނެގި ޕީއެސްޖީގެ 18 ކުޅުންތެރިންގެ ސްކޮޑުން ތިއާގޯ މޮޓާވެސް ވަނީ ބާކީކޮށްފަ
ތިއާގޯ ސިލްވާގެ ފައަތު ފައިގެ ފަލަމަސްގަޑަށް ވަނީ އަނިޔާވެފައިކަމަށް ރިޕޯޓްތައް ބުނޭ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ބާސެލޯނާ ބައްދަލުކުރާ މެޗުގައި ތިއާގޯ ސިލްވާ އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް ނެގި 18 ކުޅުންތެރިންގެ ސްކޮޑުގައި ތިއާގޯ ސިލްވާގެ ނަން ހިމަނާފައިނުވާކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާ ބާކީކުރީ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެގެންކަމަށް ރިޕޯޓްތައްބުނެއެވެ.

އެގޮތުން ގޯލްޑޮޓްކޮމް އިން ބުނީ ތިއާގޯ ސިލްވާގެ ވާތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށާއި، އޭނާ އަށް އެ މެޗުގައި ނުކުޅެވޭނެ ކަމަށެވެ. މީގެއިތުރުން އަންނަ ހަފްތާގައި ފްރެންޗް ލީގުގައި ބޯޑެކްސްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗަށްވެސް ތިއާގޯ ސިލްވާ ފިޓްވާނެކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ތާގޯ ސިލްވާ އަށް އަނޔާ ވެފައިވާއިރު، ޕީއެސްޖީގެ މިޑްފިލްޑަރު ތިއާގޯ މޮޓާވެސް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވުމާއެކު ސްކޮޑުން ބާކީކޮށްފައެވެ. އެގޮތުން މޮޓާ އަދި ތިއާގޯ ސިލްވާވެސް ޕީއެސްޖީން ހޯމަ ދުވަހު ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިއެއް ނުވެއެވެ.

މި ދެޓީމު ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އަންގާރަ ދުވަހުގެ ރޭ 00:45 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް