މާލީގެ އުތުރުގަައި މަސައްކަތްކުރަމުންދާ އދގެ ސުލްހަ ބަލަހައްޓާ ފައުޖަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެ ފައުޖުގައި ހިމެނޭ ޗާޑުގެ ސިފައިންގެ 10 މީހަކު މަރުވެ އިތުރު 25 މީހަކު ޒަޚަމްވެެއްްޖެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އަލްޤައިދާ އިން އިސްލާމިކް މަޤްރިބް (އޭކިއުއައިއެމް) އިން މޮރިޓޭނިއާގެ އަލް އަޚްބަރު ނޫސް އެޖެންސީއަށް ފޮނުވާފައިވާ ބަޔާނެއްގައި މި ހަމަލާގެ ޒިންމާ ނަގާކަމަށް ބުނެފައިވެއެވެ. އެ ޖަމާއަތުން މި ހަމަލާދީފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޗާޑަށް ކުރައްވާ ދަތުރުފުޅުގެ ރައްދެއްގެ ގޮތުންކަމަށެވެ.
މި ހަމަލާ ކުށްވެރިކުރައްވައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ އެ ހަމަލާގެ ފަހަތުގައި ގިނަ ކަންކަމެއް އެކުލެވިގެންވާނެ ކަމަށެވެ. މާލީގެ އުތުރުގައި އަލްޖީރިއާގެ ސަރަހައްދީ ރޮނގާއި ކައިރީގައި އޮންނަ ކިޑަލްގެ އެއިގެލޮކް ކޭމްޕްގައި ދިން މި ހަމަލާގެ ފަހަތުގައިވާ ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެންދިއުމަށްވެސް ގުޓަރެސްވަނީ ގޮވާލައްވާފައެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެފައިވާގޮތުގައި ހަމަލާ ދިން މީހުން އެތަނަށް ގޮސްފައިވަނީ ސައިކަލްތަކެއްގައެވެ
ދި ޔުނައިޓެޑް ނޭޝަންސް މަލްޓިޑައިމެންޝަނަލް އިންޓަރގްރޭޓެޑް ސްޓެބިލައިޒޭޝަން މިޝަން އިން މާލީ(މިނުސްމާ)އިންވަނީ ހަނގުރާމަވެރިންނަށް އަވަސް ރައްދު ހަމަލާއެއް ދިނުމަށްފަހު އެތައް ބަޔަކު މަރާލާފައިވާކަމަށް އދގެ ތަރުޖަމާނު ވިދާޅުވިއެވެ.