ކ. މާލެ
|
19 ޖެނުއަރީ 2019 | ހޮނިހިރު 13:02
މަޖިލިސް އިދާރާގެ ބޭރު ފާރު އުސްކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ކޮށިގަނޑު ޖެހުމުގެ މަސައްކަތް ކުރަނީ
މަޖިލިސް އިދާރާގެ ބޭރު ފާރު އުސްކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ކޮށިގަނޑު ޖެހުމުގެ މަސައްކަތް ކުރަނީ
ރާއްޖެއެމްވީ
ރައްޔިރުންގެ މަޖިލިސް
މަޖިލިސް ފާރު އުސްކުރުމުގެ މަސައްކަތް ފަށައިފި
މަސައްކަތް ހަވާލުކޮށްފައިވަނީ ސިފައިންގެ ކުންފުންޏާ

ރައްޔިތުންގެ މަޖިލިސް އިދާރާގެ ބޭރު ފާރު އުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސިފައިންގެ ކުންފުނި، ސިވެކްއާއެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން މަޖިލިސް ހިސޯރުކޮށްފައި އޮތް ދުވަސްވަރު އަދި މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި އޮތް ދުވަސްވަރު، ބައެއް މެމްބަރުން ފާރުމަތިން ފުންމާލައިގެން މަޖިލީހަށް ވެންނެވުމަށް މަސައްކަތް ކުރެއްވެވި އެވެ. 

އެ ދުވަސްވަރު މަޖިލީޙުގެ ނައިބު ރައީސް މޫސަ މަނިކު ވިދާޅުވެފައި ވަނީ ​​​​​​​މަޖިލީހުގެ އިދާރާއަށް ވަރަށް ގިނަ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އެގޮތުން މަޖިލީހުގެ ބޭރު ވަށާފާރު ވެސް ވަރަށް އަވަހަށް އުސް ކުރާނެ ކަމަށެވެ. 

މަޖިލީހުގެ ވަށައިފާރު އުސްކުރަން ހޭދަވާ ފައިސާގެ އަދަދެއް އަދި ނޭނގެ އެވެ.  

- ކޮމެންޓް
19 ޖެނުއަރީ 2019 | ހޮނިހިރު 08:33
Mohamed
Rangalhu kameh, mifaharu majlis ga tibeyne v baavaru janavaarun,, ehenveema faaruves uskphffa kashi naruves jahan feney, the zoo majlis,??