ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑަރ ޝިޕްގެ ތިން ކެންޑިޑޭޓަކު ރައްޔިތުން މަޖިލީހުގެ ޕްރައިމަރީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މައްޗަންގޮޅި މެދު ދާއިރާގެ ޕްރައިމަރީން ކާމިޔާބުކުރެއްވީ އައިޝަތު އަލައިކާއާ ވާދަކުރަވައެވެ.
ހެންވޭރު ހުޅަނގު ދާއިރާއިން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ކާމިޔާބު ކުރެއްވީ މުހައްމަދު ޝަރީފުއާ ވާދަ ކުރައްވައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ހުޅުމާލެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އަބްދުލްހަލީލް އަބްދުﷲއާ ވާދަކުރައްވައެވެ.
ނަމަވެސް އެމްޑީޕީގެ ސެކެޓަރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރު މަޖިލީހުގެ މާފަންނު މެދު ދާއިރާއަށް ވާދަކުރައްވައި ވަނީ ނާކާމިޔާބުވެފައެވެ. މިދާއިރާ ކާމިޔާބު ކުރެއްވީ އިބްރާހިމް ރަޝީދެއެވެ. އެއީ އަނަސްގެ އިތުރުން، މުހައްމަދު އައިމަން އިސްލާމާއިލް، މުހައްމަދު އައިމަން އާދަމް އަދި ފާރޫގް އުމަރާ ވާދަކޮށްށެވެ.