މައްޗަންގޮޅި މެދު ދާއިރާގެ ޕްރައިމަރީން ނަޝީދު ކާމިިޔާބު ކުރައްވައިފިއެވެ.
ރާއްޖޭގައި ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ޕްރިމަރީ ކަމުގައިވާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ކުރީގެ ރައީސް މުހަައްމަދު ނަޝީދު ޕްރައިމަރީ ކާމިޔާބުކުރެއްވީ އައިޝަތު އަލައިކާއާ ވާދަކުރަވައެވެ.
ރައީސް ނަޝީދު މި ދާއިރާގެ ޕްރައިރީ ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ.
ރައީސް ނަޝީދު ޕްރައިމަރީ ކާމިޔާބު ކުރެއްވި އިރު، އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު އިންނަވާނެ ކަމަށެވެ. އަދި ސަރުކާރު ދެމިއޮތުމަށާއި، ވައުދުތައް ފުއްދުމަށް މި ފަހަރުގެ މަޖިލީހުން އެމްޑީޕީއަށް މެޖޯރިޓީ ލިބުން ކޮންމެހެން ބޭނުން ކަމަށް ވެސް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.
އާ ގަނޫނުއަސާސީގެ ދަށުން 2008 އަހަރު ފުރަތަމަ ބޭއްވުނު މަލްޓި-ޕާޓީ އިންތިޚާބު ކާމިޔާބުކުރީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދެވެ. ކުރީގެ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައީސް ނަޝީދު ހިންގެވި އިސްލާހީ ހަރަކާތްތަކުގެ ތެރެއިން އެތައް ފަހަރަކު އެމަނިކުފާނު ޖަލަށް ދާން ޖެހިވަޑައިގަތެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހަށް ނަޝީދު ނުކުންނަވާއިރު، ކުރީގެ ރައީސްކަން ކޮށްފައިވާ މީހަކަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ދިއްދޫދާއިރާގެ މެންބަރު އަބުދުއްލަތީފު މުހައްމަދު އިސްލާހެއް ހުށައަޅުއްވާފައިވާއިރު، އެ އިސްލާހު މަޖިލީހުން ބޭރުކޮށްލާނެކަމުގެ އިންޒާރު އެމްޑީޕީން ވަނީ ދީފައެވެ.
ނަޝީދަކީ 1999 ވަނަ އަހަރު އޮތް އާންމު އިންތިޚާބުގައި މާލޭގެ ދެ ގޮނޑިން އެއް ގޮޑި މަޖިލީހުގައި ތަމްސީލް ކުރެއްވި ބޭފުޅެކެވެ.
އޭރު ވެސް ނަޝީދުގެ އަޑު ވެގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އިސްލާހީ ބަދަލަށް އިވޭ އަޑެއްގެ ގޮތުގައި ގުގުމަމުން ދިޔަ އަޑަކަށެވެ.