މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް ޕްރައިމަރީގައި މެލޭޝިއާގައި ބެހެއްޓިފައި ހުރި ފޯޓު ފޮށިތައް ބަންދު ކޮށްފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ މެލޭޝިއާގައި ވޯޓުލާ ނިމި ވޯޓުގެ ވަގުތީ ނަތީޖާ އިންތިހާބާ ގުޅޭ ކޮމިޓީއާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
މެލޭޝިއާގައި ވޯޓު ލާން ފަށާފައިވަނީ ހުކުރު ދުވަހު ރާއްޖެ ގަޑިން 11:30 ގައެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ރާއްޖޭގެ އިތުރުން ތިން ޤައުމެއްގައި ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން ވޯޓު ފޮށި ބަހައްޓާފައިވަނީ މެލޭޝިއާގެ އިތުރުން ސްރީލަންކާ އާއި އިންޑިއާގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 86 ދާއިރާއަށް ވާދަކުރެއެވެ.