''ހެޔޮލަފާ ދަރިއަކަށް އެދި'' މިމައުޟޫއަށް ބާއްވާ ދީނީ ދަރުސް މާދަމާ ރޭ ބާއްވާ ގޮތަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މި ދަރުސްގައި ދީނި ނަސޭހަތް ދެއްވާނީ އަލްއުސްތާޛު މުހައްމަދު އަނީލް އެވެ. މި ދަރުސް އޮންނާނި އިސްލާމީ މަރުކަޒު ހޯލުގައި ހޮނިހިރު ދުވަހުގެ ރޭ 8:30 ގައެވެ.
ދަރުސް އަޑު އެއްސެވުމަށް ވީހާ ވެސް ގިނަ ބަޔަކު ހާޒިރުވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.