މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓް ލައްވައިފިއެވެ.
އިމާދުއްދީނު ސްކޫލުގައި ބަހައްޓާފައިވާ ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓު ލުމަށްޓަކައި ރައީސް ސޯލިހު އެސަރަހަށްދަށް ވަޑައިގެންފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 5:30 ހާއިރުއެވެ. އެސަރަހައްދުގައި ވޯޓްލާން ގޮސްތިބި މީހުންނާއި ސަލާމްކުރުމަށްފަހު ވޯޓުލާ މަރުކަޒަށް ވަޑައިގެން ވޯޓް ލަށްވާފައިވަނީ 5:35 ހާއިރު އެވެ
މީގެ ކުރީގެ މަޖިލީހުގެ ފަސް ދައުރުގައިވެސް ހިންނަވަރު ދާއިރާގެ ގޮނޑި ފުރުއްވާފައިވަނި ރައީސް ސޯލިހުއެވެ. އެގޮތުން 25 އަހަރު ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރުކަން ކުރަށްވާފައިވެއެވެ. މީ ހިންނަވަރު ދާއިރާގައި ޕްރައިމަރީ ބާއްވާފައިވާ ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ ޕްރައިމަރީގއި ޖުމުލަ 77 ދާއިރާއަކުން 279 ކެންޑިޑޭޓުން ވާދަކުރެއެވެ.
ޕްރައިމަރީގައި 270 ވޯޓް ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި ތިން ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާއެވެ. މިފަހަރުގެ ޕްރައިމަރީގައި 86،091 މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނެއެވެ.